ކ. މާލެ
|
7 މާރޗް 2018 | ބުދަ 10:51
ފްރާންސެސް މެކްޑޯމަން
ފްރާންސެސް މެކްޑޯމަން
ގެޓީ އިމޭޖަސް
ފްރާންސެސް
ފްރާންސެސްގެ އޮސްކާ އެވޯޑު ފެނިއްޖެ
 
ފްރާންސެސް އަށް ލިބުނީ އޮސްކާގެ އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް

އޮސްކާ އެވޯޑްގެ ބެސްޓް އެކްޓްރެސްގެ އެވޯޑް ގެންދިޔަ ފްރާންސެސް މެކްޑޯމަންގެ އެވޯޑް ޓްރޮފީ ވަގަށް ގެންދިޔައީ އެވޯޑް ހަފްލާ ނިމިގެން ބޭއްވި ހާއްސަ ޕާޓީ ކަމަށްވާ ދަ ގަވަނާސް ބޯލް އޮސްކާ އާފްޓަ ޕާޓީގައި ޓްރޮފީ ބަހައްޓާފައި ހުއްޓައެވެ.

ޓްރޮފީ ވަގަށް ނެގި މައްސަލައާ ގުޅިގެނ ްއެމެރިކާގެ ލޮސް އެންޖަލްސް އިން މިހާރު ވަނީ އުމުރުން 47 އަހަރުގެ ޓެރީ ބްރިޔަންޓް ކިޔާ މީހަކު ހައްޔަރުކޮށްފައެވެ. ޓެރީ ހައްޔަރުކޮށްފައި ވަނީ ހޯމަދުވަހުގައި ކަމަށްވާއިރު އޭނާ ބަންދުން ދޫކުރުމަށް ކަނޑައަލާފައިވާ އަގަކީ 20،000 ޑޮލަރެވެ. ބުދަދުވަހު އެމެރިކާގެ ލޮސް އެންޖަލްސްގެ ކޯޓަށް ޓެރީ ހާޒިރު ކުރާއިރު އޭނާގެ މައްޗަށް މިމައްސަލާގައި ކުށްސާބިތު ވެއްޖެ ނަމަ  ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އޮސްކާގެ ހޮސްޓް ޖިމީ ކިމެލް ވަނީ ފްރާންސެސްގެ އެވޯޑް ވަގަށް ނުމާ ގުޅިގެން އޭނާގެ ޝޯ ކަމަށްވާ "ޖިމީ ކިމެލް، ލައިވް"ގައި ހޯމަ ދުވަހު "ޖޯކު" ޖަހާފައެވެ.

ފްރާންސެސްއަށް މިހާރު ވަނީ އޭނާގެ އެވޯޑް އަނބުރާ ލިބިފައެވެ. ފްރާންސެސް އަށް އަށް ލިބުނީ އޮސްކާގެ އެންމެ މޮޅު އެކްޓްރެސްގެ އެވޯޑެވެ. އޭނާއަށް އެވޯޑް ލިބުނީ "ތްރީ ބިލްބޯޑްސް އައުޓްސައިޑް އެބިންގ، މިޒޫރީ" އިންނެވެ. ފްރާންސެސްގެ އިތުރުން އެންމެ މޮޅު އެކްޓަރަކަށް ހޮވުނީ ގެރީ އޯލްޑްމަންއެވެ. އޭނާއަށް އެ އެވޯޑް ލިބުނީ "ދަ ޑާކަސްޓް އަވަރ" އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް