ބޮލީވުޑްގެ ތަރި ސަނީ ލިއޯންއާއި އޭނާގެ ފިރިމީހާ ޑެނިއަލް ވެބާއަށް އެއްމާބަނޑު ދެ ފިރިހެން ކުދިން ލިބިއްޖެއެވެ.
ސަނީ ލިއޯން އަށް އެއްމާބަނޑު ދެ ފިރިހެން ކުދިން ލިބިފައިވަނީ ސަރޮގޭޓެއް މެދުވެރިކޮށެވެ. ސަނީ ލިއޯން އާއި އޭނާގެ ފިރިމީހާ މިދިޔަ އަހަރުގައިވަނީ އަންހެން ކުއްޖަކު އެޑޮޕްޓް ކޮށްފައެވެ.
އެކުއްޖާގެ ނަމަކީ ނިޝާ ކޯރް ވެބާއެވެ. އެއްމާބަނޑު ދެ ފިރިހެންކުދިންނަށް ކިޔަނީ އަޝާ ސިންގް ވެބާ އާއި ނޯއާ ސިންގް ވެބާ އެވެ.
ސަނީ ލިއޯން ވަނީ އެއްމާބަނޑު ދެ ކުދިންނާއި ނިޝާ އަދި އޭނާގެ ފިރިމީހާއާއި އެކީގައި ނަގާފައިވާ ފޮޓޯ އާންމުކޮށްފައެވެ. އޭނާގެ އިންސްޓަގްރާމަށް އެ ފޮޓޯ ލާސަނީ ލިއޯން ބުނީ އޭނާއަށް އެއްފަހަރާ ދެ ކުދިން ލިބިދާނެ ކަމަށް އުއްމީދެއް ނުކުރާކަމަށެވެ. އެ ދެ ކުދިން ލިބުން އެއީ އޭނާ އާއި ފިރިމީހާ ވަރަށް އުފާވިކަމެއްކަމަށް އޭނާ ބުންޏެވެ. ސަނީ ބުނީ އޭނާ ސަރޮގޭޓެއް މެދުވެރިކޮށް ދަރިއަކު ހޯދަން ނިންމީ ޕްލޭން ކޮށްގެންކަމަށެވެ.