ކ. މާލެ
|
6 މާރޗް 2018 | އަންގާރަ 12:45
ރޭ ވުމުންގެ ޕޯސްޓަރ
ރޭ ވުމުންގެ ޕޯސްޓަރ
ފޭސްބުކް
ރޭވުމުން
އަމްޖޭގެ "ރޭ ވުމުން" މިމަހުގެ 24 އަޅުވަނީ
 
ރޭވުމުންގެ ތަރިންގެ ތެރޭގައި މުޙައްމަދު މަނިކު އަދި އަލަށް ތައާރަފްވާ ނާޖިފާ ހިމެނޭ
 
ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ ޖޭޒް އެންޓަޓެއިންމެންޓުން

މަޝްހޫރު ޑައިރެކްޓަރ އަމްޖަދު އިބްރާހިމް (އަމްޖޭ)ގެ "ރޭ ވުމުން" އަޅުވާނީ މިމަހުގެ 24 ވަނަ ދުވަހުގައެވެ.  

މި ފިލްމުގެ ޓްރެއިލާ މިހާރު އާންމު ކޮށްފައިވާއިރު މި ފިލްމަކީ ލޯބީގެ ބިރުވެރި ފިލްމެއް ކަމަށް އަމްޖޭ ރާއްޖެއެމްވީއަށް ބުންޏެވެ. ރޭ ވުމުންގެ ތަރިންގެ ތެރޭގައި މުޙައްމަދު މަނިކު އަދި އަލަށް ތައާރަފްވާ ނާޖިފާ ލީޑު ރޯލުން ފެނިގެންދެއެވެ. މީގެއިތުރުން މަރިޔަމް ޝަކީލާ، އަހުމަދު ޝާޒް (ތަޖޫބެ) އަދި ފައުޒިއްޔާ ހަސަން ވެސް މި ފިލްމުން ފެނިގެންދާނެއެވެ.

ފިލްމު ކެމެރާ ކޮށްފައިވަނީ މުހައްމަދު އަބޫބަކުރު (މާއެނބޫ) އެވެ. ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ ޖޭޒް އެންޓަޓެއިންމެންޓުން ނެވެ.

އަމިއްލަ ރާގުގެ ހަތަރު ލަވަ ހިމެނޭ ފިލްމުގެ ލަވަތަކުގެ މިއުޒިކާއި ބެކް މިއުޒިކް ހަދާފައި ވަނީ ހުސައިން ސޮބާހް އެވެ. ލަވަތައް ކިޔާފައި ވަނީ ސޮބާ އާއި ފާތުމަތު ޒޫނާ، ހަސަން އިލްހާމްގެ އިތުރުން އާ ލަވަ ކިޔުންތެރިއެކެވެ. އަމްޖޭގެ އަމިއްލަ ސްކްރީންޕްލޭއަކަށް އޭނާ ޑައިރެކްޓް ކުރާ މި ފިލްމަކީ އޭނާގެ 52 ޑައިރެކްޝަން އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް