ކ. މާލެ
|
6 މާރޗް 2018 | އަންގާރަ 09:30
ކްރިސްޓެން ވީގް
ކްރިސްޓެން ވީގް
ވިކިމީޑިއާ
ވޮންޑާ ވުމަން 2
ވޮންޑާ ވުމަން 2 ގެ ވިލަން އަކީ ކްރިސްޓެން ވީގް
ވޮންޑަ ވުމަން2 ސިނަމާތަކަށް އަންނާނީ 2019 ވަނަ އަހަރު

ޑީސީ ކޮމިކްސްގެ މަޝްހޫރު ސުޕަރ ހީރޯ، ވޮންޑަރ ވުމަން 2 ގެ ވިލަން ބައި ކުޅުމަށް ކްރިސްޓް ވީގް ހަމަޖައްސައިފިއެވެ.

ވޮންޑާ ވުމަން 2 ގައި ކްރިސްޓެން ވީގް އަދާކުރާނީ "ޗީތާ"ގެ ރޯލެވެ. އެރޯލަކީ އާދަޔާ ޚިލާފަށް ބާރުގަދަ އަދި ބާރުތައް ލިބިފައިވާ ރޯލެކެވެ.

ވުމަން 2 ތަފާތުވާނެ ކަމަށް އެފިލްމުގެ ޑައިރެކްޓަރ ޕެޓީ ޖެންކިންސް މީގެ ކުރިން ވަނީ ބުނެފައެވެ.

ކްރިސްޓް ވީގް ކުޅެފައިވާ ފިލްމު ތަކުގެ ތެރޭގައި ދަ މާޓިން އަދި ގޯސްޓްބަސްޓާސް، ބްރައިޑްސްމެއިޑް ހިމެނެއެވެ.

ވޮންޑަވުމަން ގެ ފުރަތަމަ ފިލްމުގައި ސްޓީވްގެ ފްލައިޓެއް ޑަޔާނާގެ ޕްލެނެޓަށް ވެއްޓުމުން ދެން ހިނގާ ކަންތައް ފެނިގެންދެއެވެ. ދުނިޔޭގައި ކުރިއަށް ދާ ހަނގުރާމަ، އެއް ވަނަ ބޮޑު ހަނގުރާމަ ހިންގަނީ "އޭރީސް- ގޯޑް އޮފް ވޯރ" ކަމަށް ބުނެ، ޑަޔާނާ ދުނިޔެ ސަލާމަތް ކުރުމަށް ލަންޑަނަށް ދެއެވެ. ރިޕޯޓުތައް ބުނާގޮތުން ވޮންޑާ ވުމަން 2 ގައި ފެނިގެންދާނީ ފިނި ހަނގުރާމައަށްފަހު 1980ގެ އަހަރުތަކުގެ ތެރޭގައި ހިނގައިދިޔަ ކަންތައްތަކެވެ. ވޮންޑަ ވުމަން2 ސިނަމާތަކަށް އަންނާނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގެ ޖޫން މަހުގެ 2 ގައި ރިލީޒް ކުރި ވޮންޑަ ވުމަން އަށް ވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައެވެ. އެފިލްމަށް 821.8 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އެފިލްމަށް އެހެން ނަމަވެސް އެ ފިލްމަށް ވަނީ ހޮލީވުޑްގައި ފާޑުކިޔުންތައް އަމާޒުވެފައެވެ. އޭގެ ތެރޭގައި "އެވެޓާ" އާއި "ޓައިޓޭނިކް" ފަދަ މޮޅެތި ފިލްމްތައް ހެދި ޖޭމްސް ކެމެރަން ހިމެނެ އެވެ.

- ކޮމެންޓް