ރަޝިއާގެ ސެނެޓަރެއްގެ އިސްތަށިގަނޑަށް އެތައް ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.
ރަޝިއާގެ ކަކާޝިއާގެ ސެނެޓަރ ވެލެންޓީނާ ޕެޓްރެންކޯގެ އިސްތަށިގަނޑަށް ސަމާލުކަން ލިބުނީ އާންމުކޮށް ފެންނަ އިސްތަށިގަނޑަށްވުރެ އޭނާގެ އިސްތަށިގަނޑު އުސްކޮށް ހުންނާތީއެވެ. އެ އިސްތަށިގަނޑު ސިފަކޮށް ބައެއް މީހުން ކޮމެންޓް ކޮށްފައިވަނީ ދަ ސިމްޕްސަން ކާޓުނުގައި އުޅޭ މާގް ސިމްޕްސަމްގެ ބޮލާއި އޭނާގެ ބޯ ވައްތަރު ކަމަށެވެ.
ފާޑުކިޔުމާއި ތައުރީފު އަދި މަލާމާތް ވެލެންޓީނާއަށް އަމާޒުވެފައިވާއިރު އޭނާ ވަނީ އެއަށް ރައްދުވެސް ދެއްވައިފަ އެވެ. ވެލެންޓީނާ ވިދާޅުވާ ގޮތުން އޭނާގެ އިސްތަށިގަނޑު އުސްކޮށް ބަހައްޓަނީ ދަތި ޖަހައިގެން ކަމަށެވެ. އަދި އޭނާ އެގޮތަށް މީހުންނަށް ކިޔައި ދީދީ ވަރުބަލިވެއްޖެ ކަމަށް ވެލެންޓީނާ ވަނީ ވިދާޅުވެފަ އެވެ. ވެލެންޓީނާ ވިދާޅުވީ އޭނާގެ ހުންނަނީ ބުޅި އިސްތަށިގަނޑެއް ކަމަށާއި އެހެން އިސްތަށިގަނޑު ހުންނަނީ ދަތިޖެހުމުންކަމަށެވެ. ވެލެންޓީނާއަށް ތައުރީފުކުރާ މީހުން ބުނާ ގޮތުގައި އޭނާގެ އިސްތަށިގަނޑަކީ ތަފާތު އިސްތަށިގަނޑެކެވެ.
ވެލެންޓީނާ ބުނާ ގޮތުން އޭނާ އެހެން މީހުން ކިޔާ އެއްޗިއްސަށް ފަރުވާލެއް ނެތެވެ. ހެދުން އަޅާނެ ގޮތް ކިޔާ ދިނުމަކީ އޭނާ ބުނާ ގޮތުން އެހެން މީހުން ބެހެންޖެހޭ ކަމެއް ނޫނެވެ.