ކާމިޔާބީގައި އެންމެ ބޮޑު އެއްބާރުލުމެއް ލިބެނީ ފިރިމީހާ އަދިތުޔާ ޗޮޕްރާގެ ކިބައިން ކަމަށާއި އެހެން ނަމަވެސް ކާމިޔާބީއަކީ އަމިއްލައަށް ހޯދާ އެއްޗެއްކަމަށް ބޮލީވުޑްގެ ތަރި ރާނީ މުކްރަޖީ ބުނެފިއެވެ.
ރާނީގެ އެންމެ ފަހުގެ ފިލްމު ހިޗްކީ ޕްރޮމޯޓު ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަމުން އޭނާ ބުނީ ދަރިޔަކު ލިބިގެން ދަރިފުޅާއެކީ މުޅި ދުވަހު ހޭދަކުރާ ތަން އޭނާގެ ފިރިމީހާއަށް ފެންނާނެ ކަމަށާއި ފިރިމީހާ އެކަމަށް އިހުތިރާމް ކުރިކަމަށެވެ. ދަރިޔަކު ލިބިގެން އޭނާ ފިލްމީ ދާއިރާއަށް އެނބުރިއައުމަށް ވަރަށް ބޮޑަށް އެއީތެރިކަމެއް ވެދިންކަމަށް ރާނީ ވަނީ ބުނެފައެވެ.
ރާނީ ވަނީ ފިލްމީ ދާއިރާގައި ކާމިޔާބު ފިލްމުތައް ކުޅެފައެވެ.
ރާނީ ވިހެއުމަށް ފަހު ނިކުންނަ އާ ފިލްމު ހިޗްކީ ސިނަމާތަކަށް ނެރުމަށް އެންމެ ފަހުގެ މަސައްކަތް ކުރަމުން ދާއިރު އޭނާއަކީ ވަކި މީހެއް ކަމަށެވެ. އޭނާގެ ކާމިޔާބީގައި ފިރިމީހާ އެއްބާރުލުން ދިންކަމުގައި ވިއަސް އޭނާގެ ކާމިޔާބަކީ އޭނާގެ ވަކި އެއްޗެއްކަމަށާއި ފިރިމީހާގެ ކާމިޔާބަކީ އޭނާގެ ވަކި ކާމިޔާބެއްކަމަށް ރާނީ ވަނީ ބުނެފައެވެ.
ރާނީ ބުނީ އޭނާ ކުރިއަށް އޮތްތަނުގައިވެސް ވަގުތުވާވަރަކުން ފިލްމު ކުޅޭނެކަމަށެވެ.
ހިޗްކީގައި ރާނީ އަދާކުރަނީ ޓީޗަރެއްގެ ރޯލެވެ. ހިޗްކީ ސިނަމާތަކަށް އަންނާނީ މިމަހުގެ 23 ވަނަ ދުވަހުގައެވެ.
"ހިޗްކީ" ޑައިރެކްޓްކޮށްފައި ވަނީ 2010 ގައި ރިލީޒް ކުރި ފިލްމް "ވީ އާ ފެމިލީ"ގެ ޑައިރެކްޓަރު ސިދާތު ޕީ މަލޯތުރާއެވެ. މިފިލްމުގެ ޓްރެއިލާ މިދިޔަ ޑިސެމްބަރު މަހުގައި ނެރެފައިވާއިރު ޓްރެއިލާއަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.