ކ. މާލެ
|
4 މާރޗް 2018 | އާދީއްތަ 11:14
ފަންނޭ ޚާންގެ ކަވަރ
ފަންނޭ ޚާންގެ ކަވަރ
ގެޓީ އިމޭޖަސް
ފަންނޭ ޚާން
އައިޝްވަރިޔާގެ ފަންނޭ ޚާން އެޅުވުން ފަސްކޮށްފި
 
ފިލްމު ރިލީޒްކުރުމަށް ފަސްކޮށްފައިވަނީ ޖުލައި މަހުގެ 13 ވަނަ ދުވަހަށް

އައިޝްވަރިޔާ ރާއީ އާއި އަނިލް ކަޕޫރާއި ރާޖްކުމާރު ރާއީ ލީޑު ރޯލުން ފެނިގެންދާ ފިލްމު ފަންނޭ ޚާން އެޅުވުން ލަސްކޮށްފިއެވެ.

މި ފިލްމު ކުރިން އަޅުވަން ނިންމާފައިވަނީ ޖޫން މަހުގެ 15 ވަނަ ދުވަހުގައެވެ. އެހެން ނަމަވެސް ފިލްމު ރިލީޒްކުރުމަށް ފަސްކޮށްފައިވަނީ ޖުލައި މަހުގެ 13 ވަނަ ދުވަހަށެވެ.

މި ފިލްމު އެޅުވުން ފަސްކުރީ ޖޫން މަހުގެ 15 ވަނަ ދުވަހުގައި ސަލްމާން ޚާންގެ ރޭސް3 އަޅުވަން ހަމަޖެހިފައިވާތީއެވެ. 

ރޭސް3 ގައިވެސް އަދި ފަންނޭ ޚާންގައިވެސް އަނިލް ކަޕޫރު އެކީގައި ފެނިގެންދެއެވެ، މި ފިލްމުގައި އައިޝްވަރިޔާ ފެނިގެންދާނީ ޑަބަލް ރޯލުންނެވެ.

ފަންނޭ ޚާންގެ ޑައިރެކްޓަރަކީ އޯމްޕަރަކާޝް މެހެރާއެވެ. ފިލްމަށް ކޮސްޓިއުމް ޑިޒައިން ކުރަނީ މަނީޝް މަލޯތުރާއެވެ. ފަންނޭ ޚާން އަކީ މިއުޒިކަލް ކޮމެޑީ ފިލްމެކެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް