ކ. މާލެ
|
2 މާރޗް 2018 | ހުކުރު 10:46
އެމްޓީސީސީގެ ފިހާރައިގަ ވިއްކާ ބްރޭންޑްތައް
އެމްޓީސީސީގެ ފިހާރައިގަ ވިއްކާ ބްރޭންޑްތައް
މުހައްމަދު ޝަރުހާން
އެމްޓީސީސީ
އެމްޓީސީސީ އިން ޔަންމާ ޖަނަރޭޓަރަށް ހާއްސް ޕްރޮމޯޝަނެއް ފަށައިފި
މި ޕްރޮމޯޝަން 1 މާރޗުން ފެށިގެން 31 މާޗުގެ ނިޔަލަށް ކުރިއަށް ގެންދާނެ
މި ޕްރޮމޯޝަން އަމާޒުކޮށްފައި ވަނީ ވަގުތުން ފައިސާ ދައްކާ ފަރާތްތަކަށް

އެމްޓީސީސީ އިން "ސާބަސް" ގެ ނަމުގައި ވަރަށް ޙާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެމްޓީސީސީ އިން ބުނީ މި ޕްރޮމޯޝަންގެ ދަށުން އެމްޓީސީސީ ކަށަވަރު ޝޯރޫމުން ވިއްކާ ޔަންމާ ބްރޭންޑްގެ ޖަނަރޭޓަރުގެ އެކި މޮޑެލްތައް ވަރަށް ޙާއްސަ ޑިސްކައުންޓްތަކަކާ އެކު ލިބުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށާއި ޕްރޮމޯޝަން އަމާޒުކޮށްފައިވަނީ ވަގުތުން ފައިސާ ދައްކައި ޖަނަރޭޓަރު ގަންނަ ފަރާތްތަކަށް ކަމަށެވެ. މި ޕްރޮމޯޝަން ކުރިއަށް 1 މާޗުން ފެށިގެން 31  މާޗުގެ ނިޔަލަށެވެ.

އެމްޓީސީސީ އިން ވިއްކާ ޔަންމާ ޖަނަރޭޓަރުގެ ތިން މޮޑެލެއް ކަމުގައިވާ ޔަންމާ ކޮމްޕެކްޓް ޖަނަރޭޓަރު، ޔަންމާ މެރިން ޑީސަލް ޖަނަރޭޓަރު އަދި އިންޑަސްޓްރިއަލް މަސައްކަތަށް ހާއްސަ ޔަންމާ ޑީސަލް ޖަނަރޭޓަރުން ޙާއްސަ ޑިސްކައުންޓްތަކެއް ލިބިގެންދާ މިޕްރޮމޯޝަނަކީ އޮޑިވެރިންނާއި އޮޑިދޯނި ބަންނަ ފަރާތްތަކުގެ އިތުރުން ރިސޯޓް ދާއިރާ އަދި އިންޑަސްޓްރިއަލް ޙިދުމަތްދޭ ފަރާތްތަކަށް ޙާއްސަކޮށްގެން ހިންގާ ޕްރޮމޯޝަންކެވެ.

އެމްޓީސީސީ އިން ބުނީ އެކުންފުނީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުން ކަމަށެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް އެކި ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް ލުއިފަސޭހަ ޕްރޮމޯޝަންތައް ބޭއްވުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނާ ބައްދަލުކޮށް ޓްރެއިނިންގ އަދި މައުލޫމާތު ދިނުމުގެ ހަރަކާތްތައް އެކުންފުނިން އަބަދުވެސް ރާވާ ހިންގަމުން ދާކަމަށް އެމްޓީސީސީން ބުނެއެވެ.

- ކޮމެންޓް