ކ. މާލެ
|
1 މާރޗް 2018 | ބުރާސްފަތި 04:51
ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގައި ތަރައްގީކުރާ ފުޑް ކޯޓްތައް
ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގައި ތަރައްގީކުރާ ފުޑް ކޯޓްތައް
ޓްވިޓަރ
ފުޑް ކޯޓްތަކުގެ މަސައްކަތް
ބައެއް ފުޑް ކޯޓުތައް އޭޕްރީލް މަހު ހުޅުވޭނެ
އަންނަ މެއި މަހު މަސައްކަތް އެއްކޮށް ނިންމާލެވޭނެ

ހައުސިން މިނިސްޓްރީން އެސްޓީއޯއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ބައެއް ފުޑް ކޯޓުތައް އޭޕްރީލް މަހު ނިމޭނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މުއިއްޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި ތަރައްގީކުރާ ފުޑް ކޯޓްތަކުގެ ތެރެއިން އަމީނީ މަގާވީ ފަޅީގައި ހަދާ ފުޑް ކޯޓްތައް އޭޕްރީލް މަހުގައި ހުޅުވޭނެ ކަމަށާއި އަދި އިއްޒުއްދީން މަގާވީ ފަޅީ މޭއި މަހު ހުޅުވޭނެ ކަމަށެވެ.

ފުޑް ކޯޓްތަކުގެ މަސައްކަތް ނިންމާނެ ކަމަށް މިނިސްޓަރ ތާރީހު ތަކެއް ހާމަކުރެއްވި އިރު މީގެ ކުރިންވެސް ފުޑް ކޯޓްތައް ހުޅުވޭނޭ ކަމަށް ބުނެ ގިނަ ތާރީހު ތަކެއް އެސްޓީއޯ އާއި ހައުސިންގ މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

ގާތްގަނޑަކަށް 30 ހާސް އަކަފޫޓުގެ އެ ސަރަހައްދުގައި 25 ނުވަތަ 27 ފުޑް ކޯޓް އެޅޭނެ ކަމަށް ހައުސިންގް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ. ކުރިން އެ ސަރަހައްދުގައި ގާތްގަނޑަކަށް 40 ވަރަކަށް ކަޑަ ނުވަތަ ފުޑް ސްޓޯލް ހުއްޓެވެ.

 ފުޑް ކޯޓްތަކުގެ މަސައްކަތް 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި ފެށުނު ނަމަވެސް، އެއަހަރުގެ ޖުލައި މަހުން ފެށިގެން މަސައްކަތް ހުއްޓުމަކަށް އައެވެ. އެ މަސައްކަތް އެންމެ ފުރަތަމަ ހަވާލު ކުރެވުނީ ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލުމަށެވެ.

- ކޮމެންޓް
1 މާރޗް 2018 | ބުރާސްފަތި 07:37
ކަށްކަންފެށީމަ
މަތިފަންގި ވަރަށް ރީތިވާ ކަށްކަންފެށީމަ