ރައީސް އަބްދުﷲ ޔާމީން ހިފާ ހައްޔަރު ކުރުމަށް ފުލުހުންނާއި ސިފައިންނަށް އަދާލަތު ޕާޓިގެ ނައިބު ރައީސް އަލީ ޒާހިރު ގޮވާލައްވައިފިއެވެ.
އަލީ ޒާހިރު ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވެފައިވަނީ، ރާއްޖޭގައި މިލިޓަރީ ވެރިކަމެއް ހިންގުމަށް އެމްއެންޑީއެފް އާއި ފުލުހުންނަށް ފުރުސަތު ދެއްވައިގެން ނުވާނެ ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކޯޓު އަމުރެއް ވެސް ބޭނުން ނުވާ ކަމަށާއި މިހާރު ހުރި ރައީސުލްޖުމްހޫރިއްޔާ ހިފާ ހައްޔަރު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ގާނޫނީ ވެރިކަން އިޔާދަ ކުރުމަށްޓަކާ މަސައްކަތް ކޮށްދެވުމަށް ފުލުހުންނާއި ސިފައިންގެ ކިބައިން އަލީ ޒާހިރު ވަނީ އެދިލައްވާފަ އެވެ.
Raajeyga military verikameh hingan @MNDF_Official adhi @PoliceMv furusathu nudhevva, SoE ge dhashun court amurehves beynun nuvaane avahah mi desperate raees hifa hayyrukoh Qanooni verikan iyaadha kurumahttaka masaikai kohdhevva. Shiyam ge order ah Majlis & SC hisoaru nukuravva.
— Ali Zahir (alipi) (@alixahir) February 25, 2018
އަލީ ޒާހިރު ވިދާޅުވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އުހުމަދު ޝިޔާމްގެ އޯޑަރަށް މަޖިލީސް އަދި ސުޕްރީމް ކޯޓު ހިސޯރު ނުކުރުމަށް އެދޭ ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީން ހިފާ ހައްޔަރު ކުރަންޖެހޭ ކަމަށް އަލީ ޒާހިރު ވިދާޅުވެފައިވާ އިރު، މި ސަރުކާރާއި ދެކޮޅަށް ނިކުމެ ގައުމު އިސްލާހު ކުރުމަށް ގޮވާލުމަށް ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ އެދިވަޑައިގެންފައެވެ.