ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ދެއްކެވި ވާހަކަތައް ސޯޝަލް މީޑިއާގައި ބޮޑު ވާހަކައަކަށް ވެއްޖެ އެވެ.
ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވެފައި ވަނީ ފެބްރުއަރީ އެއް ވަނަ ދުވަހު ނެރުނު ހުކުމް ނެރެފައިވަނީ އެމަނިކުފާނު ރިޝްވަތުދީގެންކަމަށް ދައްކާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫން ކަމަށާއި މިކަމުގައި އެއްވެސް ހަގީގަތެއް އެކުނުލެވޭ ކަމަށެވެ. އެފަދަ ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވެ ގާސިމް ވަނީ ﷲ ގަންދީ ހުވާ ކުރައްވާފަ އެވެ.
ގާސިމް ވިދާޅުވީ، މިއީ މީހުން ބަދުނާމު ކުރުމަށް ދައްކަމުންދާ ވާހަކަ ކަމަށާއި މި ސަރުކާރުން އަބަދުވެސް ކުރައްވަމުންދާ ކަމަކީ މީހުން ފްރޭމް ކުރުން ކަމަށެވެ.
"ALHUGANDUMEN February 1 ga hukumeh NERUNEEMA...." pic.twitter.com/VpuoqqisiB
— Dr.Mohamed Muizzu (@MMuizzu) February 25, 2018
މި މޭރުމުން ވާހަކަދައްކަވައި ގާސިމް ވަނީ ސަރުކާރުން ހިންގާ ކޮރަޕްޝަނުގެ ބޮޑެތި އަމަލުތަކުގެ ވާހަކަތައް ފާހަގަކުރައްވާފަ އެވެ. އެގޮތުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ވާހަކައާއި ގުޅޭ ގޮތުން ވެސް ގާސިމް ވާހަކަދެއްކެވި އެވެ.
"އަޅުގަނޑުމެން ފެބްރުއަރީ އެއްވަނަ ދުވަހު ހުކުމެއް ނެރުމުން އެހުކުމް ކަމަކު ނުދިޔަ" މިހެން ގާސިމް ވިދާޅުވި އިރު ގާސިމް ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ގެކޮޅަށް ހަލާލު ނޫން ފައިސާ ވަދެފައިވާ ކަމަށް އަމިއްލައަށް އިއުތިރާފުވެފައިވާ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތައް ފާހަގަކޮށް އެކަންކަން ބަލަންޖެހޭނެ ކަމަަށް ވިދާޅުވެފައެވެ.
ގާސިމްގެ ވިދާޅުވި މި ވާހަކަތަކާ ގުޅިގެން ސަރުކާރަށް ނިސްބަތްވާ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ވަނީ ގާސިމް ވަރަށް ސާފުކޮށް އިއުތިރާފުވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެފަ އެވެ. ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ދަނީ ސުޕްރީމް ކޯޓުން އެއްވަނަ ދުވަހު ނެރުނު ހުކުމަކީ ވަކި ބައެއްގެ ނުފޫޒުގެ ތެރެއިން ނެރުނު އަމުރެއްގެ ގޮތުގައި ފާހަގަކުރައްވާފަ އެވެ. ސޯޝަލް މީޑިއާގައި ދައުރުވާ މިވާހަކަތަކާ ގުޅިގެން ސަރުކާރަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ވަނީ ގާސިމް ހައްޔަރު ކުރުމަށް ވެސް ގޮވާލައްވާފަ އެވެ.
ސަރުކާރަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެންބަރުން މިގޮތަށް ހާމަކޮށްފައިވާ އިރު، ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުން ވަނީ މިކަމަށް ރައްދު ދެއްވާފަ އެވެ. އެގޮތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުލްކަރީމް ވިދާޅުވީ "އަޅުގަނޑުމެން" އެއީ އާންމު ބަހެއް ކަމަށާއި އެ ބަސް މުޅި ގައުމަށް ނިސްބަތްވާ ކަމަށެވެ.
“Alhugandumen” is a common word used to define “Nation” @qasimibrahim
— Rukuma (@RukumaA) February 25, 2018
RY ge speech thakuga “Alhugandumen” kiyaafa kufuru vefaves ebahuri
Amilla ah Iuthiraafu veveynee mihaa varah.
— Ahmed Nihan (@ahmed_nihan) February 25, 2018
Kiye nukiye ves neyngey haalathuga dhw Gasim ves
— Ahmed Mamdhooh (@Mandey77) February 25, 2018
— Moosa Anwar (@moosaanvar) February 25, 2018
Gaasim hurithanakun hifaa hayaru kuran vee
— MOHAMED KINAN (@Modex777) February 25, 2018