ކ. މާލެ
|
25 ފެބްރުއަރީ 2018 | އާދީއްތަ 09:37
ހައްޔަރުކޮށްފައިވާ ސިފައިންގެ އެކަކު ކަމަށްވާ ސިމާދު
ހައްޔަރުކޮށްފައިވާ ސިފައިންގެ އެކަކު ކަމަށްވާ ސިމާދު
ޓްވިޓަރ
ކުއްލި ނުރައްކަލުގެ ހާލަތު
ހައްޔަރުކޮށްފައިވާ ސިފައިން ތިބީ "ޑިއުޓީގައި" ކަމަށް އާއިލާތަކަށް އަންގައިފި
ސިފައިންގެ 2 މީހުންގެ އިތުރުން ފުލުހުންގެ 2 މީހަކު ވަނީ ހައްޔަރުކޮށްފައި
ޑިއުޓީގައި ތިބި ކަމަށް ބުންޏަށް އެ މީހުންނަށް މުއާމަލާތެއް ނުކުރެވޭ، އާއިލާ ގާތަށް ނުދެވޭ

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ބަންދުކޮށްފައިވާ ކަމަށް ބެލެވޭ ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ ސިފައިންގެ މީހުންގެ އާއިލާތަކަށް، އެމީހުން ތިބީ ޑިއުޓީގައި ކަމަށް އެމްއެންޑީއެފް އިން އަންގައިފިއެވެ.

ބުރާސްފަތި ދުވަހުން ފެށިގެން ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕަށް ނިސްބަތްވާ ސިފައިންގެ 2 މީހަކު ތިބީ ބަންދުކޮށްފައި ކަމަށް ވަނީ އެނގިފައިވެއެވެ. އަދި އެމީހުން ހައްޔަރުކުރުމުގެ ކުރިން ފޯނު އަތުލާފައިވާ ކަމަށާއި، ބުރާސްފަތި ދުވަހު ސިފައިންގެއަށް ދިޔަ ފަހުން އާއިލާތަކަށް ނުގުޅޭ ކަމަށް އެނގިފައިވެއެވެ.

މުއުތަބަރު ފަރާތަކުން މައުލޫމާތު ދިން ގޮތުގައި އާއިލާގެ މީހުންނަށް ސިފައިންގެ 2 މީހުންނަށް ނުގުޅޭއިރު، އެމީހުންގެ މައުލޫމަތު ހޯދަން އެސްޕީޖީގެ ކޮމާންޑިންގ އޮފިސަރެއްގެ ގޮތުގައި ހުންނެވި ލެފްޓިނަންޓް ކާނަލް ރޭންކްގެ ބޭފުޅާއަށް ގުޅުމުން، އެމީހުން ތިބީ ބަންދުގައި ނޫންކަމަށާއި، އެމީހުން ތިބީ ޑިއުޓީގައިކަމަށް އަންގާފައިވެއެވެ. އެހެން ނަމަވެސް ނުރައްކާތެރި ޙާލަތްތަކުގައިވެސް ސިފައިންގެ ޑިއުޓީގައި މީގެ ކުރިންވެސް މަސައްކަތްކޮށްފައިވާ ސިފައިންގެ މި 2 މީހުންގެ އާއިލާތަކަށް މީގެ ކުރިން ވާނުވާ ނޭނގި އުޅެން ޖެހިފައިނުވާކަމަށް އާއިލާއިން ބުނެއެވެ.

ސިފައިންގެ 2 މީހެއްގެ އިތުރުން ފުލުހުންގެ 2 މީހަކުވެސް ވަނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ހައްޔަރުކޮށްފައެވެ. 2 ފުލުހުން ހައްޔަރުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ އަމުރާއި ގުޅޭ މައްސަލައެއްގައިކަމަށް އެނގިފައިވާއިރު، ސިފައިންގެ 2 މީހުން ހައްޔަރުކުރި ސަބަބު ސާފުވެފައެއް ނުވެއެވެ. ހައްޔަރުކުރި ސަލާމަތީ ޚިދުމަތްތަކަށް ނިސްބަތްވާ މީހުންގެ އިތުރުންވެސް ސަލާމަތީ ޚިދުމަތްތަކަށް ނިސްބަތްވާ އެހެން ބައެއް މީހުންގެ ފޯނުފަދަ އިލެކްޓްރޯނިކް ސާމާނު ހިފަހައްޓާފައިވާކަމަށް ވެސް މައުލޫމާތު ލިބެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް