ސިފައިން ސުޕްރީމް ކޯޓަށް ވަންނަން ޖެހޭނެ އެއްވެސް ބޭނުނެއް އޮވެގެން ނުވާނެ ކަމަށާއި މިކަމުން އެނގިގެންދަނީ ޖުޑިޝަރީއަށް ކުރިމަތިވެފައިވާ ފިއްތުންތައް ކަމަށް ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓަށް ގިނަ އަދަދެއްގެ ސިފައިން ވަންނަ މަންޒަރު ފެންނަ ވީޑިއޯއެއް ރާއްޖެޓީވީން ޓްވީޓްކުރުމާ ގުޅިގެން އެކަމަށް ރައްދު ދެއްވާ މައުމޫން ހަމީދު ވިދާޅުވީ، ޝަރުއީ ކޯޓެއްގެ ތެރެއަށް ސިފައިން ވަންނަން ޖެހޭނެ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ. މިކަމުން މި ލިބިގެންދަނީ މިހާރު ސުޕްރީމް ކޯޓުގައި ތިބި ތިން ފަނޑިޔާރުނަށްވެސް އިންޒާރުތަކެއް ކަމަށާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ވީގޮތް މިހާރު ތިބި ފަނޑިޔާރުންނަށްވެސް ވެދާނޭ ކަން ކަމަށް އޭނާ ވިދާޅުވި އެވެ.
No valid reason exists for @MNDF_Official to deploy those soldiers inside court premises.
— Maumoon Hameed (@maanhameed) February 25, 2018
This can only be seen as a show of force to the judiciary as a whole, & a warning to the remaining justices of the Supreme Court : "What happened to the Chief Justice could happen to you!" https://t.co/TnkqXi0EQ3
ރާއްޖެޓީވީއަށް ލިބިފައިވާ މި ވީޑިއޯ އިން ފެންނަ ގޮތުގައި ކޮމްބެޓް ޔުނިފޯމުގައި ތިބި ގިނަ އަދަދެއްގެ ސިފައިން ވަނީ މުގުރުބުރި އާއި ސަލާމަތީ ވެސްޓް ހިފައިންގެ ސުޕްރީމް ކޯޓަށް ވަދެފަ އެވެ. ރާއްޖެޓީވީގެ ނޫސްވެރިންނަށް ވެސް މި މަންޒަރު ވަނީ ފެނިފައެވެ.
Military personnel entering the Supreme Court of #Maldives tonight #MaldivesInCrisis pic.twitter.com/eQdHUYWaqB
— RaajjeTV (@Raajje_tv) February 24, 2018
ފެބްރުއަރީ 5 ގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ފަހު އަސްކަރިއްޔާއިން ވަނީ ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށްފަ އެވެ. އަދި ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފަ އެވެ.
ސިޔާސީ ހައްޔަރީ މިނިވަންކުރުމަށާއި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ވަނީ ބާތިލުކޮށްފަ އެވެ.