އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގެ ތެރެ އިން ހައްޔަރު ކުރި މީހަކު ފުލުހުންގެ ވެހިކަލަށް އެރުވުމަށް ފަހު އޭނާއަށް އަނިޔާ ކުރި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ބަންދުގައި ހުރި މީހަކަށް އަނިޔާކުރާ ވީޑިއޯއެއް ހާމަވެފައިވަނިކޮށް އެ މައްސަލަ ބަލަންތޯ ސުވާލު ކުރުމުން ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވީ އެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑުން ބަލަމުންދާ ކަމަށެވެ.
Dhuniyeyge embassy thakaai UN aai adhi Media thah ves othee Male ga. YAG ge hudhumuhuthaaru verikan dhifaau kurumah Rahfushugai ulhey rayyithun'nah dhen kohlaane varu visnaa!
— Addu X Files (@adduXfiles) February 24, 2018
Party thakuge issverin mikamaa visnaa mi ah vureh rangalhu gearehgai masaikai kuran vejje! pic.twitter.com/2EAaVuAr0V
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އިން ފެނިގެންދަނީ އެއްވުމުގައި ބައިވެރިވި ޒުވާނަކު ފުލުހުންގެ ވެހިކަލުގައި ހުއްޓައި، ކުލަ ހެދުމުގައި ތިބި ދެ މީހަކު އެ ވެހިކަލަށް އަރައި އޭނާގެ ކަރުގައި ހިފާ މަންޒަރެވެ. މައުލޫމާތު ލިބޭ ގޮތުގައި ހައްޔަރުކޮށްފައި ވަނީ ކުރީގެ ރައީސް މައުމޫންގެ ސަޕޯޓަރެއް ކަމުގައިވާ ހުސައިން ޝިފާއުއެވެ. އޭނާ ވެހިކަލުގައި އިންދައި ކުލަ ހެދުމުގައި ތިބި ދެމީހުން އޭނާއަށް އަނިޔާކުރުމަށް ކަރުގައި ހިފައި ފަހަތަށް ކޮށްޕާ ހަދާފައިވެއެވެ. ނަމަވެސް އެ މީހުން ހުއްޓުވަން ފުލުހުން އޭރު މަސައްކަތް ކޮށްފައެއް ނުވެއެވެ. އެ އަށް ފަހު ދަގަނޑު ދަހަނާ އަޅައިގެން ތިބި އެސްއޯގެ ދެ ފުލުހަކު ކުލަ އެ ދެ މީހުން ޝިފާއުއާ ދުރުކުރެއެވެ.
އޭގެ ކުރިން އޭނާ ހައްޔަރުކުރުމުގެ ތެރޭގައި ވެސް ކުލަ ހެދުމުގައި ތިބި ދެ މީހަކު ހަރަކާތްތެރިވަމުން ގެންދިޔަ މަންޒަރު ފެނެއެވެ. އެ ދެ މީހުން ޝިފާއުއާ ގާތްވާން ފެށުމުން އެތަނުގައި ތިބި އާންމުންގެ މީހުން އެ މީހުން ދުރުކޮށް އެއީ ކޮން ބައެއްތޯ ސުވާލު ކުރަމުން ގެންދާ މަންޒަރު ފެނެއެވެ. އެއީ އިންޓެލް ބައެއް ކަމަށް ބުނާ އަޑު ވެސް އެ ވީޑިއޯ އިން އިވެއެވެ. އަދި އެއީ ކުލަ ހެދުމުގައި ތިބި އެސްއޯ ފުލުހުންގެ ބައެއް ކަމަށް ވެސް އެހެން ބަޔަކު ބުނާ އަޑު އެ ވީޑިއޯ އިން އިވެއެވެ.
ޝިފާއު މިހާރު ދޫކޮށްލާފައިވާއިރު، ޝިފާއުގެ އަންހެނުން ޓްވިޓަރގައި ބުނެފައި ވަނީ، ޝިފާއު ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލްގައި އޭނާ ފުލުހުންގެ އިދާރާއާ ހަމައަށް ގެންދެވެންދެން އެ ވެހިކަލްގައި ތިބި 14 ފުލުހަކު އޭނާއަށް އަނިޔާކޮށްފައިވާ ކަމަށެވެ. ކުލަ ހެދުމުގައި ވެސް ތިބީ ދެ ފުލުހުން ކަމަށް ބެލެވެއެވެ.
Police brutally attacked my husband @shiftu10 tonight after arresting him. No one should be treated this way. pic.twitter.com/ZMCRQLH7OQ
— Marsh Marshy (@MarsheethaMarsh) February 24, 2018
ހުކުރުދުވަހުގެ ރޭގެ އެއްވުމުގައި ބައިވެރިވި ބައެއް ފަރާތްތަކުން ބުނި ގޮތުގައި ކުލަ ހެދުމުގައި ފުލުހުންގެ ވެހިކަލަށް އެރި އެކަކީ ހުކުރުދުވަހުގެރޭގެ އެއްވުމުގެ ތެރޭގައި ފުލުހުންނާ ދިމާއަށް ހަޅޭ ލަވައި ހަމަނުޖެހުން އުފައްދަން ވެސް މަސައްކަތް ކުރި މީހެކެވެ.
ފުލުހުން ވެހިކަލަށް އެރުވުމަށް ފަހު ހައްޔަރުކޮށްފައިވާ މީހާ އަށް އަނިޔާ ކުރުމުގެ ބާރު ނޯންނަ އިރު ފުލުހުނަށް ބާރުގެ ބޭނުން ކުރެވޭނީ ފުލުހުން ހައްޔަރު ކުރުމަށް މަސައްކަތްކުރާއިރު އެކަމާއި ދެކޮޅުހަދާއި ހައްޔަރު ނުވުމަށް މަސައްކަތް ކޮށްފި ކަމުގައި ވާނަމަ އެކަންޏެވެ. އެހެން ނަމަވެސް ފުލުހުންގެ ވެހިކަލަށް އެރުވުމަށް ފަހު ވެސް، އަދި އެހެން ހާލަތެއްގައި ވެސް ފުލުހުންނަށް އާންމު ރައްޔިތުންނަށް އަނިޔާކޮށް ނުހެދޭނެއެވެ. މީގެ އިތުރުން ޝިފާއުއަށް އަނިޔާކޮށްފައިވާކަން އެނގޭ ފޮޓޯތަކެއް ވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެގޮތުން އޭނާގެ ކަރުގައާއި މޭގައި އަނިޔާކޮށްފައިވާކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް މީހުން ގެންދިއުމަށް ފަހު އެމީހުނަށް އަނިޔާކުރުމަކީ ފުލުހުންކުރާ ކަމެކެވެ. އަދި އެފަދަ މައްސަލަތައް ފުލުހުންނަށް ހުށަހެޅުނު ނަމަވެސް އެކަށިގެންވާ ފިޔަވަޅެއް ނޭޅޭ ކަމަށް އާންމުން ދެކެއެވެ. އަދި ފަހަކަށް އައިސް ނޫސްވެރިންނަށް އަމާޒުކޮށް ވެސް ފުލުހުން ގެންދަނީ އަނިޔާވެރި ކަންކަން ކުރަމުންނެވެ.