ވައިފުޅި އަޅައިގެން ފީނަން އުޅުމުގެ ތެރޭގައި "ޑައިވިންގ ޑީކޮމްޕްރެޝަން ސިކްނެސް" (ޑީކޯ) ވި މީހަކު އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓްރުގައި މާލެ ގެނެސްފިއެވެ.
އެމްއެންޑީއެފުން ބުނީ ގދ. ތިނަދޫ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އޮތް މި ބަލިމީހާ އަކީ އުމުރުން 41 އަހަރުގެ މީހެއް ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މިމީހާ ވަނީ ހުކުރު ދުވަހު 53 މީޓަރު ފުންމިނަށް ފީނާފައެވެ. މިމީހާ ގދ. ތިނަދޫ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މޭގައި ރިއްސާތީއެވެ.
މި މީހާ ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 9:45 ހާއިރު އެމްއެންޑީއެފް ކުރަނގި ހެލިކެޕްޓަރުގައި މާލެ ގެނެސް އިތުރު ފަރުވާދޭން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ.