ގުޅިފައިވާ ޕާޓީތަކުން ހުއްކުރު ދުވަހުގެރޭ މާލޭގައި ބޭއްވި އެއްވުމުގެ ބައިވެރިން ގެންގުޅުނު މެގަފޯން އަތުލަން މަސައްކަތް ކުރުމުން އަންހެނުންތަކެއް މޫދަށް އެރިއްޖެއެވެ.
ހުކުރު ދުވަހުގެރޭ އާޓިފިޝަލް ބީޗު ސަރައްދުގައި އެއްވެތިބި ފަރާތްތަކުން ގެންގުޅުނު މެގަފޯން އަތުލުމަށް ފުލުހުން މަސައްކަތް ކުރިއެވެ. މެގަފޯނު ހޯދުމަށް އަތުލުމަށް މަސައްކަތް ކުރުމުން، މެގަފޯން ގެންގުޅުނު ދެ އަންހެނުން ވަނީ އަރޓީފިޝަލް ބީޗު ސަރަހައްދުގެ މޫދަށް އެރިފައެވެ. ގާތްގަނޑަކަށް ކަކޫތާފެނަށް އެ މީހުން މޫދަށް އެރުނު އިރު ފުލުހުން ވަނީ އެމީހުންގެ ފަހަތުން މޫދަށް އެރި އެ އަންހެން މީހާގެ އަތުގައި އޮތް މެގަފޯން އަތުލާފައެވެ. އެއަށްފަހު ފުލުހުންގެ މީހާ މެގަފޯން މޫދަށް ގަންބާލާ މަންޒަރުވެސް ވީޑިއޯ އިން ފެނިގެންދެއެވެ. އެއަށްފަހު މޫދަށް އެރުނު އަންހެނަކުވަނީ ފުލުހުންގެ މީހާގެ ގަޔަށް ދެއަތުން ފެންޖަހާފައެވެ.
5 Fandiyaarunge Hukum thanfeez kurumah govaalaa ihuthijaaju Artificial Beach sarahadhdhuga kuriah dhanikoh fuluhun ais Megaphone athulan ulhumun ihuthijaajuge baiverin megaphone hifaigen Moodhah pic.twitter.com/no757KHbZv
— MDP Secretariat (@MDPSecretariat) February 23, 2018
ހުކުރު ދުވަހުގެރޭ އަންހެނުންތަކެއް މޫދަށް އެރުނު އިރު މީގެ ކުރިން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި އެއްވުމުގައި މީހުން ފަހަތަށް ޖައްސަމުންގޮސް، ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންތަކެއް މޫދަށް ބާލާފައެވެ. މީިހަުން ފަހަތަށް ޖައްސަމުންގޮސް ގިނަ އަންހެނުންތަކެއް މޫދަށް ބޭލުމަށްފަހު އެމީހުންނަށް މޫދުން ނޭރޭގޮތަށް ފުލުހުން ވަނީ އެ ސަރަހައްދުގައި ގިނަ އިރުތަކެއްވަންދެން ބަންދުކޮށްގެން ބަލަހައްޓާފައެވެ.