މެންބަރު މަހުލޫފްއާއި ބައްދަލުކުރުމަށް އޭނާގެ ވަކީލަށް ހޮނިހިރު ދުވަހު ފުރުސަތު ނުދިން ކަމަށް އޭނާގެ ގާނޫނީ ވަކީލު ނާޒިމް ސައްތާރު ވިދާޅުވެއްޖެ އެވެ.
ނާޒިމް ސައްތާރު ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވެފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި އެމްޑީޕީ ކަނޑިތީމް ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް ފުލުހުން ހައްޔަރުކޮށްފައިވާ އިރު އެދެފަރާތާއި ބައްދަލު ކުރުމަށް އަތޮޅުވެއްސަށް ދިއުމުން ފުލުހުން އެ ފުރުސަތުދީފައިނުވާ ކަމަށެވެ.
Atholhuvehi refused to arrange meeting with my clients @AhmedMahloof and @shaheeym for today. So have got slip for tmrw Sunday 11am to meet them
— Nazim Sattar (@nazimsat) February 24, 2018
އެހެން ނަމަވެސް އާދިއްތަ ދުވަހު ހެނދުނު 11:00 ގައި ބައްދަލުކުރެވޭނެ ކަމަށް ފުލުހުން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަހުލޫފް ހައްޔަރުކޮށްފައިވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީ ހަރުގެ ސަރަހައްދުގައި ބޭއްވި މުޒާހަރާގެ ތެރެއިންނެވެ.
ޝަހީމް ހައްޔަރުކޮށްފައިވަނީ މިދިޔަ ހަފްތާގެ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ވޯމްއަޕް މުޒާހަރާގަ އެވެ.
ސުޕްރީމް ކޯޓުން ފެބްރުއަރީ އެއްވަނަ ދުވަހު ނެރުނު އަމުރާއި ގުޅިގެން އެ އަމުރު ތަންފީޒު ކުރުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ ހަރަކާތްތަކުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.