ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށްގެންދާ އެއްވުމުގެ ބައިވެރިވެރިއެއް ހައްޔަރު ކުރުމަށްފަހު ފުލުހުންގެ ވެހިކަލަށް އަރުވާފައި އިންދައި، ބަޔަކު އޭނާއަށް އަނިޔާ ކުރާ ވީޑިއޯއެއް އާންމުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އިން ފެނިގެންދަނީ އެއްވުމުގައި ބައިވެރިވި ޒުވާނަކު ފުލުހުންގެ ވެހިކަލުގައި އިންދައި، ކުލަ ހެދުމުގައި ތިބި ދެ މީހަކު އެ ވެހިކަލަށް އަރައި އޭނާގެ ކަރުގައި ހިފާ މަންޒަރެވެ. މައުލޫމާތު ލިބޭ ގޮތުގައި ހައްޔަރުކޮށްފައިވަނީ ކުރީގެ ރައީސް މައުމޫންގެ ސަޕޯޓަރެއް ކަމުގައިވާ ހުސައިން ޝިފާއުއެވެ. އޭނާ ވެހިކަލުގައި އިންދައި ކުލަ ހެދުމުގައި ތިބި ދެމީހުން އޭނާއަށް އަނިޔާކުރުމަށް ކަރުގައި ހިފައި ފަހަތަށް ކޮށްޕާ ހަދާފައިވެއެވެ. އެއަށްފަހު ދަގަނޑު ދަހަނާ އަޅައިގެން ތިބި އެސްއޯގެ ދެ ފުލުހަކު ކުލަ ހެދުމުގައި ތިބި ދެމީހުން ޝިފާއު އާއި ދުރުކުރެއެވެ.
ޝިފާއު މިހާރު ދޫކޮށްލާފައިވާއިރު، ޝިފާއުގެ އަންހެނުން ޓްވިޓަރގައި ބުނެފައިވަނީ، ޝިފާއު ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލްގައި އޭނާ ފުލުހުންގެ އިދާރާ އާއި ހަމައަށް ގެންދެވެންދެން އެ ވެހިކަލްގައި ތިބި 14 ފުލުހަކު އޭނާއަށް އަނިޔާކޮށްފައިވާ ކަމަށެވެ.
My husband has been released now. @PoliceMv kaley men magey firi myha yah kohfa huri aniya fenifa magey lolun karuna ai. Protect n serve jahain mahah dhey kaley men. 14 meehun vegen police station ah dheven dhen ves aniya kury. Insaafu kuri mahchah kaleymen genna dhuvas v gaaih.
— Marsh Marshy (@MarsheethaMarsh) February 23, 2018
ކުލަ ހެދުމުގައިވެސް ތިބީ ދެ ފުލުހުން ކަމަށް ބެލެވެއެވެ. ހުކުރުދުވަހުގެރޭގެ އެއްވުމުގައި ބައިވެރިވި ބައެއް ފަރާތްތަކުން ބުނި ގޮތުގައި ކުލަ ހެދުމުގައި ފުލުހުންގެ ވެހިކަލަށް އެރި އެކަކީ ހުކުރުދުވަހުގެރޭގެ އެއްވުމުގެ ތެރޭގައި ހަމަނުޖެހުން އުފައްދަންވެސް މަސައްކަތް ކުރި މީހެކެވެ.
#FreeShiftuNow pic.twitter.com/DPzAlIQWEC
— Addu X Files (@adduXfiles) February 23, 2018
ފުލުހުން ވެހިކަލަށް އެރުވުމަށްފަހު ހައްޔަރުކޮށްފައިވާ މީހާއަށް އަނިޔާ ކުރުމުގެ ބާރު ނޯންނަ އިރު ފުލުހުނަށް ބާރުގެ ބޭނުން ކުރެވޭނީ ފުލުހުން ހައްޔަރު ކުރުމަށް މަސައްކަތްކުރާއިރު އެކަމާއި ދެކޮޅުހަދާއި ހައްޔަރު ނުވުމަށް މަސައްކަތް ކޮށްފި ކަމުގައި ވާނަމ އެކަންޏެވެ. އެހެން ނަމަވެސް ފުލުހުންގެ ވެހިކަލަށް އެރުވުމަށްފަހުވެސް، އަދި އެހެން ހާލަތެއްގައިވެސް ފުލުހުންނަށް އާންމު ރައްޔިތުންނަށް އަނިޔާކޮށް ނުހެދޭނެ އެވެ.
Why is @PoliceMv allowing people to jump into their vehicle and beat the arrested protestor. @Shiftu10 in Maafannu police #FreeShiftuNow @USAmbKeshap @amnesty @EU_Maldives @JamesDauris #MaldivesInCrisis #StateOfEmergency #SupremeCourtOrder #FreeAllPoliticalPrisoners pic.twitter.com/uvcSgolEuM
— aminath nadira (@a_nadraa) February 23, 2018
މީގެ އިތުރުން ޝިފާއުއަށް އަނިޔާކޮށްފައިވާކަން އެނގޭ ފޮޓޯތަކެއްވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެގޮތުން އޭނާގެ ކަރުގައާއި މޭގައި އަނިޔާކޮށްފައިވާކަމުގެ ފާހަގަތައް ފެންނަން ހުއްޓެވެ.
Police brutally attacked my husband @shiftu10 tonight after arresting him. No one should be treated this way. pic.twitter.com/ZMCRQLH7OQ
— Marsh Marshy (@MarsheethaMarsh) February 24, 2018
މީގެ ކުރިން ފުލުހުން އާންމު ރައްޔިތުންނަށް ހައްޔަރު ކުރުމަށްފަހު އަނިޔާ ކުރާކަމުގެ އަޑުތައް ފެތުރިފައިވާ އިރު މިއީ އެފަދަ ގޮތަކަށް އަމަލުކުރަމުންދަނިކޮށް އާންމުވެފައިވާ ވީޑިއޯ އެކެވެ.
ފުލުހުން އަނިޔާ ކުރަމުންދާ މި ވީޑިއޯ އާއި ގުޅިގެން އާންމުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.