އެޓާނީ ޖެނެރަ އޮފީހުގެ ޑެޕިއުޓީ ކައުންސެލް ޖެނެރަލް ޝަފީއާ ރިޒާ އިސްތިއުފާދެއްވައިފިއެވެ.
ޝަފީއާ އިސްތިއުފާދެއްވި ކަމަށް އަޑުތައް ފެތުރިފައިވާ އިރު އެ އޮފީހުގެ ސީނިއަރ ސްޓޭޓް އެޓަރނީގެ މަގާމު އަދާކުރައްވާ މަރިޔަމް ޝުނާނާ ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވެފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަންޖެހޭ ކަމަށާއި ގާނޫނު އަސާސީގެ 255 ވަނަ މާއްދާއާ ހިލާފަށް ނުހިފެހެއްޓޭނެ ހައްގުތައް ހިފެހެއްޓުމުގެ ބޭނުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ނުކުރެވޭނެ ކަމަށެވެ.
No state employee has to resign from jobs they have been working for many years in order to stand against unlawful acts.
— Mariyam Shunana (@shuna_007) February 22, 2018
އެޓަރނީ ޖެނެރަލް އޮފީހުގެ ވަކީލަކު އިސްތިއުފާދެއްވާފައިވާ އިރު، ގިނަ އަދަދެއްގެ ވަކީލުން ކުއްލި ނުރައްކަލުގެ ހާލަތު ދިގުދެއްމުމާ ގުޅިގެން އެ އޮފީހުގެ ފެޓިޝަނެއް އެކުލަވާލައި ހުށަހަޅަން އުޅުނު ކަމަށް ވަނީ އަޑުފެތުރިފައެވެ.
ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރުކޮށްފައިވާ އިރު އެކަން ކޮށްފައި ވަނީ ގާނޫނާ ހިލާފަށް މަޖިލީހުގައި ނެގި ވޯޓަކުން ކަމަށް ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ.