ގާނޫނު އަސާސީއާ ހިލާފަށް ކުރިއަށްގެންދާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް އެޓަރނީ ޖެނެރަލް އޮފީހުގެ ސީނިއާ ވަކީލަކު ގޮވާލައްވައިފިއެވެ.
ސީނިއަރ ސްޓޭޓް އެޓަރނީގެ މަގާމު އަދާކުރައްވާ މަރިޔަމް ޝުނާނާ ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވެފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަންޖެހޭ ކަމަށާއި ގާނޫނު އަސާސީގެ 255 ވަނަ މާއްދާއާ ހިލާފަށް ނުހިފެެހެއްޓޭނެ ހައްގުތައް ހިފެހެއްޓުމުގެ ބޭނުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ނުކުރެވޭނެ ކަމަށެވެ.
Dearest Mr. President, Please lift the unconstitutional SoE imposed. SoE should not be used as a weapon to restrict non-derogable liberties under Art 255 of the Constitution. Thank you.
— Mariyam Shunana (@shuna_007) February 22, 2018
އެޓަރނީ ޖެނެރަލް އޮފީހުގެ ވަކީލަކު މިފަދަ ގޮތަކަށް ގޮވާލާފައިވާ އިރު އެ އޮފީހުގެ ގިނަ އަދަދެއްގެ ވަކީލުން ކުއްލި ނުރައްކަލުގެ ހާލަތު ދިގުދެއްމުމާ ގުޅިގެން ފެޓިޝަނެއް އެކުލަވާލައި ހުށަހަޅަން އުޅުނު ކަމަށް ވަނީ އަޑުފެތުރިފައެވެ.
ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރުކޮށްފައިވާ އިރު އެކަން ކޮށްފައި ވަނީ ގާނޫނާ ހިލާފަށް މަޖިލީހުގައި ނެގި ވޯޓަކުން ކަމަށް ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ.