ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ނިއުޅެމުންދާ ކަންކަމާ ބެހޭ ގޮތުން އެކި ގައުމުތަކުން ނެރެމުންދާ ބަޔާންތަކީ ބޭކާރު އެއްޗެއްގެ ގޮތުގައި ދިވެހި ސަރުކާރުން ސިފަކޮށްފިއެވެ.
ފޮރިން މިނިސްޓްރީގެ ރަސްމީ ޓްވިޓާ އެކައުންޓުންކޮށްފައިވާ ޓްވީޓެއްގައި ވަނީ ބައިނަލްއަގްވާމީ ފަރާތްތަކާއި އެކި ގައުމުތަކާ އެކު މި މައްސަލަ ހައްލުކުރެއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ވަކިން ހާއްސަކޮށް އަވަށްޓެރި އިންޑިއާ އެކު މަސައްކައް ކުރެވެމުންދާ ކަމަށް ބުނެފަވެ. ހަމައެހެންމެ ގައުމުތަކުގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް މި ޓްވީޓްގައި ފޮރިން މިނިސްޓްރީ އިން ގޮވާލާފައިވާއިރު ގައުމުތަކުން ނެރެމުންދާ ބަޔާންތަކުން މައްސަލަ ހައްލުކުރުމަށް އެއްވެސް އެހީތެރިކަމެއް ނުލިބޭ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުނެފައި ވެއެވެ. މި ޓްވީޓްގައި ވަނީ ފޮރިން މިނިސްޓްރީގެ ބަޔާނެއް ވެސް އެޓޭޗްކޮށްފައެވެ.
The Government of Maldives reiterates its firm commitment to work closely with the international community, including India, to address concerns they might have; public statements unhelpful. https://t.co/Dy83kyp7Vc
— MFA Maldives (@MDVForeign) February 22, 2018
ފޮރިން މިނިސްޓްރީގެ މި ޓްވީޓަށް ގިނަ ބަޔެއްގެ ބޮޑެތި ފާޑުކިޔުންތަކެއް އަންނަނީ އަމާޒުވަމުންނެވެ. އެގޮތުން ޑރ. ފަރަހަނާޒް ފައިސަލް ވަނީ ރާއްޖޭގެ ސަރުކާރުން ބައިނަލްއަގްވާމީ ދުނިޔޭގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަންނަނީތޯ ސުވާލު އުފައްދަވާފައެވެ. ހަމައެހެންމެ މިއީ ޑިކްޓޭޓެރެއްގެ ފަރާތުން ފެންނާނެ ސިފައެއްގެ ގޮތުގައި ވެސް ފަރަހަނާޒް ވަނީ ސިފަކުރައްވާފައެވެ.
Wow!! “public statements unhelpful”? In other words “Shut up?” Is Maldives govt telling the international community that they cannot exercise their right to freedom of expression? This beats all dictatorial orders I think!! https://t.co/ITrRHyXfC6
— Farah Didi (@FarahDidi) February 22, 2018
ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން މިފަދައިން ބުނެފައިވާއިރު ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރު ތަންފީޒުކުރުމަށް ސަރުކާރުން ދެކޮޅު ހެދުމާ ގުޅިގެން އެކި ގައުމުތަކުން ވަނީ އެ އަމުރު ތަންފީޒުކުރުމަށް ގޮވާލާ އެތަކެއް ބަޔާންތަކެއް ނެރެފައެވެ. ވަކިން ހާއްސަކޮށް އިންޑިއާ އިން ވަނީ އެ އަމުރު އޮތްގޮތަށް ތަންފީޒުކުރުމަށް އެތަކެއް ފަހަރުމަތިން ގޮވާލާފައެވެ. އެހެން ނަމަވެސް މި ހުރިހާ ގޮވާލުންތަކަށް ވެސް ސަރުކާރުން ދީފައިވަނީ ބީރު ކަންފަތެކެވެ.