ކ. މާލެ
|
22 ފެބްރުއަރީ 2018 | ބުރާސްފަތި 17:52
އިންޑިއާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ރަވީޝް ކުމާރް
އިންޑިއާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ރަވީޝް ކުމާރް
ޔޫޓިއުބް
ކުއްލި ނުރައްކަލުގެ ހާލަތު
ކުއްލި ހާލަތު އިތުރުކުރަންޖެހޭ ސަބަބެއް ނުފެނޭ: އިންޑިއާ
ނުރައްކަލުގެ ހާލަތު އިތުރު ކުރުމަކީ އިންޑިއާ އިން އެކަމާ މެދު ކަންބޮޑުވާ ކަމެއް
އުއްމީދަކީ ރާއްޖެ ޑިމޮކްރަސީގެ މަގަށް އެނބުރި، ރާއްޖެ އާންމު ހާލަތަކަށް ރުޖޫޢަވުން
ސިޔާސީ ހައްޔަރީންނާއި އުއްތަމަ ފަނޑިޔާރު މިނިވަން ކުރުމަށް ގޮވާލި

ރާއްޖޭގައި އިޢުލާނުކުރި ކުއްލި ނުރައްކަލުގެ ޙާލަތު އިތުރުކުރަންޖެހޭ ސަބަބެއް އޮތް ކަމަށް ނުފެންނަ ކަމަށް އިންޑިއާ އިން ބުނެފިއެވެ.

އިންޑިއާގެ ޚާރިޖީ ވުޒާރާއިން ބުރާސްފަތި ދުވަހުގެ މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޤައުމުގެ ޚާރިޖިއްޔާގެ ތަރުޖަމާނު ރަވީޝް ކުމާރް ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރުމަކީ އިންޑިއާ އިން އެކަމާ މެދު ކަންބޮޑުވާ ކަމެއް ކަމަށާއި، ކުއްލި ނުރައްކަލުގެ ޙާލަތު އިތުރުކުރަންޖެހޭ ސަބަބެއް އޮތް ކަމަށް އިންޑިއާ އިން ނުދެކޭ ކަމަށެވެ.

ރަވީޝް ވިދާޅުވީ އިންޑިއާގެ އުއްމީދަކީ ރާއްޖެ ޑިމޮކްރަސީގެ މަގަށް އެނބުރި، ރާއްޖެ އާންމު ހާލަތަކަށް ރުޖޫޢަވުން ކަމަށެވެ. އަދި އެއީ ދިވެހި ރައްޔިތުންގެ ވެސް އުއްމީދު ކަމަށް އިންޑިއާ އިން ޤަބޫލުކުރާ ކަމަށް ރަވީޝް ވިދާޅުވިއެވެ.

ރަވީޝް ވިދާޅުވީ ރާއްޖޭގެ ހާލަތު އިންޑިއާ އިން ބަލަމުންދާ ކަމަށެވެ.

ސިޔާސީ ހައްޔަރީން މިނިވަން ކުރުމަށާއި، އުއްތަމަ ފަނޑިޔާރު މިނިވަން ކުރުމަށާއި، ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ވަނަ ދުވަހު ކޮށްފައިވާ އަމުރު ތަންފީޒުކުރުމުގެ އިތުރުން މިނިވަން މުއައްސަސާތައް ހަމަމަގުން ހިންގުމުގެ ފުރުޞަތު ދިނުމަށް އިންޑިއާ އިން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެރޭ ސުޕްރީމް ކޯޓުން ޙުކުމެއް ނެރުނީއް ސުރެ، ރާއްޖޭގައި ހިނގަމުންދާ ކަންކަން އެންމެ ގާތުން ބަލަމުންދާ ޤައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް