ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމްގެ ގާނޫނީ ވަކީލު ހުސައިން ޝަމީމް ސަސްޕެންޑްކޮށްފިއެވެ.
ޝަމީމް އަނެއްކާވެސް ސަސްޕެންޑްކޮށްފައިވާ އިރު އޭނާ ސަސްޕެންޑްކޮށްފައި ވަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑް މިނިސްޓްރޭޝަނުން ބުނެއެވެ.
މިކަމާ ގުޅިގެން ޝަމީމްގެ ބަހެއް ލިބޭ ގޮތް ވެފައިނުވާ އިރު ޝަމީމު މީގެ ކުރިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ރައީސް މައުމޫނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން 2007 ވަނަ އަހަރުގެ މައްސަލައަކާ ގުޅިގެން ސުވާލު ކުރަން އުޅޭ ކަމަށް ބުނެ އެމަކާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ސުވާލު ކުރެވޭ އިރު ގާނޫނީ ވަކީލަށް ހުރެވޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވަނީ 2015 ވަނަ އަހަރުގައި ވެސް ސަސްޕެންޑްކޮށްފައެވެ. އޭރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވަމުންދަނިކޮށް ޑީޖޭއޭ އިން ސަސްޕެންޑްކޮށްފައި ވަނީ "ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ގާނުނީ ވަކީލުންނާ ބެހޭ ގަވައިދު"އާ ހިލާފުވެފައިވާ ކަމަށް ބުނެއެވެ.