މީޑިއާ ނެޓްގެ މެއިންޓަނަސްގެ މަސައްކަތްތަކެއް ކުރަމުންދާތީ ބުރާސްފަތި ދުވަހުގެ މެންދަމު 3 ޖެހިއިރު ޚިދްމަތް މެދުކަނޑާލުމަށް ފަހު، އަލުން ވަރަށް އަވަހަށް ޚިދުމަތް ދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް މީޑީއާ ނެޓުން ބުނެފި އެވެ.
މީޑިއާ ނެޓްގެ އޮފިޝަލަކު "ރާއްޖެއެމްވީ"އަށް ވިދާޅުވީ މެއިންޓަނަސްގެ މަސައްކަތެއް ކުރުމަށްޓަކައި މީޑިއާ ނެޓްގެ ޚިދްމަތް މެދުކަނޑާލީ ބުރސްފަތި ދުވަހުގެ މެންދަމު 3 ޖެހިއިރު ކަމަށާއި މެއިންޓަނަސްގެ މި މަސައްކަތް ނިމުމަށް ފަހު، ބުރާފަތި ދުވަހުގެ 10:30 ގައި ޚިދްމ،ަތް ފޯރުކޮށްދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ މީޑިއާ ނެޓްގެ މެއިންޓަނަސްގެ މަސައްކަތެއް ކުރުމަށް ވަގުތީ ގޮތުން ޚިދްމަތް މެދުކަނޑާލަން ޖެހުމުން މީޑިއާ ނެޓްގެ ހިދްމަތް ލިބިގަންނަމުންދާ ފަރާތްތަކުގެ ކިބައިން ނިހާޔަތަށް މައާފަށް އެދޭ ކަމަށެވެ.
މީޑިއާ ނެޓަކީ އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ރީ ބްރޯޑްކާސްޓް ކުރަމުންދާ ދުނިޔޭގެ ވަރަށް ގިނަ ޓީވީ ޗެނަލްތަކުގެ ހިދްމަތް ފޯރުކޮށްދޭ ކުންފުންޏެކެވެ.