ދައުލަތުގެ އެކި އެކި މުއައްސަސާތަކުގެ ކަންކަން ކުރުމުގައި މަޖިލީހުގެ ފުރިހަމަ ދައުރު އަދާކުރާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާވެއްޖެ އެވެ.
މިއަހަރުގެ މަޖިލީހުގެ އެއްވަނަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރިޔާސީ ބަޔާން އިއްވާ ނިމުމުން މަޖިލީހުގެ ރައީސް މަސީހު ވިދާޅުވީ، ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވާ ކަންކަން ކުރުމަށް މަޖިލީހުން އަދާކުރަންޖެހޭ ފުރިހަމަ ދައުރު އަދާ ކުރައްވާނެ ކަމަށެވެ.
ސަރުކާރަށް ތާއިދުކުރާ އެންމެ 36 މެމްބަރުން ހާޒިރުވެވަޑައިގެންނެވި މި ޖަލްސާގައި އިއްވި ރިޔާސީ ބަޔާނުގައި ރައީސް ވަނީ، ސަރުކާރުން ކުރިއަށް އޮތް ފަސް އަހަރުގައި ހާސިލް ކުރަން ބޭނުންވާ ބައެއް ކަންކަން ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި 27 ފަޅެއް ތަރައްގީ ކުރުމުގެ ވާހަކަ ހިމެނެ އެވެ.
މި ޖަލްސާގައި އިދިކޮޅު މެމްބަރުން ބައިވެރިވެވަޑައިނުގަންނަވަ އެވެ.