ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވަޑައިނުގަންނަވާކަން ރާއްޖެއެމްވީއަށް ކަށަވަރުވެއްޖެއެވެ.
އެ ޖަލްސާއަށް ހާޒިރުވި މީހަކު ބުނެފައިވަނީ ބިޝާމްއަށް ހާއްސަކުރެވުނު ގޮނޑިކޮޅު ޖަލްސާ ނިމުނުއިރު ވެސް ހުންނެވީ ހުސްކޮށް ކަމަށެވެ. ބިޝާމް މި ޖަލްސާއަށް ހާޒިރުވެފައިނުވާކަން ކަށަވަރުވެފައިވާއިރު އެކަމަނާ ވަނީ ކުއްލި ނުރައްކަލުގެ ހާލަތެއް މިހާރު ނެތް ކަމަށާއި އެހެންވެ ހައްޔަރުކޮށްފައި ތިބި އެންމެން ދޫކޮށްލުމަށް ފުލުހުންނަށް ސިޓީއަކުން ދަންނަވާފައެވެ. މިކަމާއި ގުޅިގެން އެކަމަނާ އިސްތިއުފާ ދެއްވަން އުޅުއްވާ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ.
މިކަން ފީޖީ އޮފީހުން ރަސްމީކޮށް ކަށަވަރެއް ނުކޮށްދެ އެވެ. ނަމަވެސް ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި ރައީސް އަބްދުﷲ ޔާމީން ކަނޑައެޅުއްވި 15 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންގަރާ ދުވަހުގެ ރޭ 8:05 ގައި އުވިގެން ގޮސްފައިވާ ކަމަށާއި، ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 30 ދުވަހަށް ދިގު ދެންމުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގަރާރަކީ ވެސް ބާތިލް ގަރާރެއް ކަމަށް ބަޔާންކޮށް ޕޮރޮސެކިއުޓަ ޖެނެރަލް، ފުލުހުންނަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން ބިޝާމްގެ ބަހެއް ހޯދުމަށް ރާއްޖެއެމްވީ އިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.