މަޖިލީހުގެ މެންބަރުންނަށް މަޖިލީހުގެ ޖަލްސާއަށް ނުވެއްދޭ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖިލީހުގެ ޖަލްސާއަށް ދިޔަ ސަރުކާރަށް ނިސްބަތްވާ މެންބަރުންނަށް ވެސް ފޯނެއް ނުވެއްދެ އެވެ. މިކަން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. މެންބަރުންގެ ފޯނު ހިފަހައްޓަނީ ދަރުބާރު ގޭގައި ގާއިމުކޮށްފައިވާ ސިފައިންގެ ޗެކް ޕޯސްޓުންނެވެ.
މަޖިލީހުގެ 2018 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ އެއްވަނަ ޖަލްސާއަށް މެންބަރުންނަށް ފޯނު ނުވެއްދޭ އިރު މިއީ މަޖިލީހުގެ ޖަލްސާއަކަށް މެންބަރުންނަށް ފޯނު ނުވެއްދޭ ފުރަތަމަ ފަހަރެވެ.
ރައީސް އަބްދުﷲ ޔާމީން ރިޔާސީ ބަޔާން އިއްވާ މި ޖަލްސާ ފެށުމަށް ނިންމާފައިވަނީ މިރޭ 9:00 ގަ އެވެ.