ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރާއި، އެ ޤަރާރަށް އިސްލާޙު ގެނެސް، އޭގެ ފަހުން އިޢުލާނުކުރި އިސްލާޙުތައް ފާސްކުރަން އަންގާރަ ދުވަހު މަޖިލީހުގައި ނެގި ވޯޓާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމެންދެން މަޖިލީހުން ނިންމި ނިންމުންތަކަށް އަމަލު ކުރަމުން ގެންދިޔުމަށް ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރުން ދައްކުވައިދެނީ އެ ނިންމުމަކީ ސައްހަ ނޫން ނިންމުމެއް ކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރުން ދައްކުވައިދެނީ މަޖިލީހުގެ ނިންމުމަކީ ސައްހަ ނޫން ނިންމުމެއް ކަމަށާއި ސައްހަނަމަ ސުޕްރީމް ކޯޓުން މިފަދަ އަމުރެއް ނެރެން ނުޖެހޭނެ ކަމަށެވެ. ހަމައެހެންމެ ރެއިން ފެށިގެން މި އަމުރު ނެރުމާ ހަމަޔަށް ބަޔަކު ހައްޔަރުކޮށްފައި ބޭތިއްބީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ގަބޫލުކުރާ ކަމަށް ވެސް މި އަމުރުން ދައްކުވައިދޭ ކަމަށް ވެސް ޝާހިދުގެ ޓްވީޓުގައި ވެއެވެ.
Mi amurunves dheyhakoh dhinee iyye Majlis in faaskurifaaskurun sahha noonkan. Sahhanama SC in mi vagutheeamuru nereykah nujehey. Reyin feshigen miamuru nerumaadhemedhu yaqeenunves bayaku hayyarukoffai beythibbee qaanoonaa khilaafahkamah SC qabool nukuraanama mi amureh nunerunees. https://t.co/ZjDaOf7zcE
— Abdulla Shahid (@abdulla_shahid) February 21, 2018
ރައްޔިތުންގެ މަޖިލީހުން ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސްކޮށްފައިވަނީ ގާނޫނާ ހިލާފަށް 38 މެމްބަރުންގެ ވޯޓާއެކުއެވެ. ގާނޫނު އަސާސީގައިވާ ގޮތުން ރައްޔިތުން އޭގެ މައްޗަށް އަމަލުކުރަން ޖެހޭ ކަމެއް ނަމަ އެކަމެއް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުންގެ ވޯޓު ބޭނުންވެއެވެ. މިވަގުތު މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދަކީ 85 ކަށް ވާއިރު އެ ގަރާރު ގާނޫނާ އެއްގޮތަށް ފާސްކުރަން ބޭނުންވާނަމަ 43 މެމްބަރުންގެ ވޯޓު ބޭނުންވެއެވެ.