ކުއްލި ނުރައްކަލުގެ ހާލަތުގެ ނިވަލުގައި، ރައްޔިތުންގެ އަސާސީ ޙައްޤުތައް އިތުރަށް ހިފެހެއްޓުން ކުށްވެރިކުރާކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.
އެ ޖަމުޢިއްޔާއިން އަންގާރަދުވަހުގެރޭ ކޮށްފައިވާ ޓްވީޓްތަކެއްގައި ބުނެފައިވަނީ ޤާނޫނުއަސާސީގެ ބާރު ކެނޑޭގޮތަށް ހުއްޓުމެއްނެތި ކުރަމުންގެންދާ ކަންކަމާއި، ރައްޔިތުންނަށް ލިބިފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން، ޤައިރު ޤާނޫނީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ނިވަލުގައި އިތުރަށް ހިފަހައްޓާ ހިފެހެއްޓުން ކުށްވެރި ކުރާ ކަމަށެވެ.
.@TransparencyMV condemns the continuous and repeated undermining of the Constitution, prolonged withholding of fundamental rights and freedoms under the unlawful facade of the state of emergency. 1/2 #MaldivesInCrisis
— Transparency MV (@TransparencyMV) February 20, 2018
މީގެ އިތުރުން އެ ޖަމުޢިއްޔާއިން ވަނީ، ރައްޔިތުންގެ މަޖިލިސް ހިނގަން ވަނީ ހުރިހާ ރައްޔިތުން ތަމްޞީލު ކުރެވޭ އުސޫލަކުން ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
We strongly believe that the parliament should function in a manner that represents whole of the population. 2/2#MaldivesInCrisis
— Transparency MV (@TransparencyMV) February 20, 2018
ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މިހެން ބުނެފައިވާއިރު، ޤާނޫނީ ގޮތުން ސުވާލު އުފެދޭ ޖަލްސާއެއްގައި، ޤާނޫނީ ގޮތުން ސުވާލު އުފެދޭ އަދަދަކަށް މެންބަރުން ތިއްބަވައިގެން، ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 30 ދުވަހަށް ހިންގުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ފާސްކޮށްފައެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރުމާއި ގުޅިގެން ސަރުކާރުން އަދިވެސް ރައްޔިތުންގެ އަސާސީ ގިނަ ޙައްޤުތަކެއް ހިފަހައްޓާފައިވާއިރު، ޤާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ ގިނަ އަދަދެއްގެ ފަރާތްތަކުން ދަނީ މިހާރު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތެއް ނެތްކަމަށާއި، އެ ހާލަތު އިޢުލާނުކުރި ޤަރާރު ބާތިލް ވެފައިވާ ކަމަށް ބުނަމުންނެވެ.