މައިކްރޯ ބްލޮގިންގ ޕްލެޓްފޯމް، ޓްވިޓަރގެ ޓީމެއް އިންޑިއާއަށް ގޮސް، ބޮލީވުޑްގެ ސުޕަރސްޓާ އަމީތާބު ބައްޗަންއަށް ޓްވިޓަރ މަސައްކަތްކުރާ ގޮތް ދަސްކޮށްދީފިއެވެ.
ޓްވިޓަރއިން އަމީތާބަށް ޒިޔާރަތްކޮށްފައި މިވަނީ ޓްވިޓަރގައި އަމީތާބަށް ފޮލޯކުރާ މީހުންގެ އަދަދާއި ޓްވިޓަރ އިން ކުޅުނު ކަމަށާއި އެހެންކަމުން، ޓްވީޓަރ އިން ވަކިވާނެ ކަމަށް އޭނާ ބުނުމުންނެވެ.
މި ފެބްރުއަރީ މަސް ފެށުނީއްސުރެ ޓްވިޓަރ އިން ދަނީ ގިނަ އަދަދެއްގެ ފޭކު ޓްވިޓަރ ހޭންޑްލްތައް ބްލޮކް ކުރަމުންނެވެ. އަދި އެގޮތުން، ފެބްރުއަރީ 1 ވަނަ ދުވަހު އަމީތާބުގެ އެކައުންޓަށް ފޮލޯ ކުރަމުންދިޔަ ލައްކައެއްހާ އެކައުންޓް ސަސްޕެންޑް ކުރުމާ ގުޅިގެން އަމީތާބް ފޮލޯކުރާ ފަރާތްތަކުގެ އަދަދު ވަނީ 33 މިލިއަންނުން 32.9 މިލިއަނަށް ވެއްޓިފައެވެ. މިކަމާ އަމީތާބު ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހި ޓްވިޓާ އިން ވަކިވާނެ ކަމުގެ އިންޒާރު ދީފައެވެ. ނަމަވެސް މި މަހުގެ މިހާތަނަށް އައިއިރު އަމީތާބްގެ ފޮލޯވަރުންގެ އަދަދު ވަނީ 33.1 މިލިއަނަށް އަރާފައެވެ.
T 2619 - The Twitter team came from across the seas to visit me at work and to explain to me how TWITTER works .. thank you !
— Amitabh Bachchan (@SrBachchan) February 18, 2018
The truth of the working is so 'apparent' !! pic.twitter.com/RTJdHkepZb
ޓްވިޓަރގެ ޓީމުން އަމީތާބާއި ބައްދަލުކޮށް، ޓްވިޓަރ މަސައްކަތްކުރާ ގޮތް ކިޔައިދިނުމުން އަމީތާބު ވަނީ އެކަމަށް ޝުކުރު އަދާކޮށްފައެވެ.