ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނިޔާވެރިކަން ފޮރުވާ ނިވާފަތްގަނޑަކަށް ވެވަޑައިނުގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު ޙުސައިން އަރީފް ވިދާޅުވެއްޖެއެވެ.
RY gaathuga thibi alhuganduge ekuveryn lavvaaAlhuganduge vote hoadhumah thiya kuraa masakkaiy huttaalun edhen Alhugan'du qaboolu kurany alhugandah thiya dhakkany iblees kaleymenah dhakkaa dhalha thakeh kamah Alhugan'du nethin RYge aniyaaverikan foruvaa nivaa fiygadakakah vaakah.
— Hussain Areef (@husainaryf) February 19, 2018
އިދިކޮޅު ހަރަކާތްތަކުން މި ދުވަސްކޮޅު ފެނިވަޑައިނުގަންނަވާތީ ގިނަ ބަޔަކު ސުވާލު އުފައްދަމުން ދަނިކޮށް ހޯމަ ދުވަހުގެރޭ އަރީފް ކުރެއްވި ޓްވީޓެއްގައި ވަނީ، ރައީސް ޔާމީނާ އެކު ތިއްބެވި އަރީފްގެ އެކުވެރި ބޭފުޅުން މެދުވެރިކޮށް، އަރީފްގެ "ވޯޓު ހޯދުމަށް" ކުރަމުން ގެންދާ މަސައްކަތް ހުއްޓާލުމަށް އެދޭ ކަމަށެވެ.
އެކުވެރި މެންބަރުންގެ އެހީއާ އެކު ހޯދަން އުޅެނީ އަރީފްގެ ކޮން ވޯޓެއްކަން އަރީފް ހާމަނުކުރެއްވި ނަމަވެސް، ބެލެވޭ ގޮތުގައި އަރީފް އިޝާރާތް ކުރައްވާފައި ވަނީ ކުއްލި ނުރައްކަލުގެ ޤަރާރާ ގުޅޭ ގޮތުން މަޖިލީހުގައި ނަގާ ވޯޓަށެވެ.
އަރީފްގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ، ވޯޓު ހޯދަން އުޅޭ ފަރާތްތަކުން އަރީފަށް ދައްކަނީ "އިބިލީސް ދައްކާ ފަދަ ދަޅަތަކެއް" ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރުމަށް ނެރުނު ޤަރާރާއި، އެ ޤާރާރަށް ގެނައި އިސްލާޙުގެ އިތުރުން، ކުއްލި ނުރައްކަލުގެ މުއްދަތަށް 30 ދުވަސް އިތުރުކުރުމަށް ރައީސް ޔާމީން ޔާމީން މަޖިލީހަށް ފޮނުއްވާފައިވާ މައްސަލައިގައި އަންގާރަ ދުވަހު މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމާނެ ކަމަށް ބެލެވޭއިރު، ދައުރުން ބޭރުގެ ޙާއްސަ ޖަލްސާއެއް އަންގާރަ ދުވަހު ބާއްވަން މަޖިލީހުން ވަނީ އިޢުލާނު ކޮށްފައެވެ. ޖަލްސާ ބޭއްވުމަށް ހަމަޖައްސާފައިވާ ގަޑި އާއި ޖަލްސާގެ އެޖެންޑާ ވެބްސައިޓްގައި އަދި އާންމުކޮށްފައެއް ނުވެއެވެ.