ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހް އިސްތިއުފާ ދެއްވާފައިވާކަން ކަށަވަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މަސީހު މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވިކަމުގެ އަޑުތަކެއް ފެތުރިފައިވަނިކޮށް މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "މަސީހް މިރޭ އިސްތިއުފާ ދެއްވިކަން ކަށަވަރު ކަމަށާއި އެކަން ޕީޕީއެމްގެ ބައެއް މަޖިލިސް މެންބަރުންނާއި މަޖިލިސްގެ ބައެއް މުވައްޒަފުން ޔަޤީން ކޮށްދޭ ކަމަށެވެ. އަދި ޕީޕީއެމުން މިރޭގެ ޕްރެސް ކޮނަފަރެންސްގައި އެކަން ދޮގުކުރަނީ މަސީހަށް ބިރުދައްކައިގެން އިސްތިއުފާ އަނބުރާ ގެންދިޔައިމަ ކަމަށް ޤަބޫލް ކުރެވޭ ކަމަށް މަހްލޫފް ވިދާޅުވިއެވެ.
Maseeh mirey isthiufaa dhinkan kashavaru,ekan PPM ge baeh Majlis Membarunnaa adhi Majlis ge baeh muazzafun yageenkohdhey. PPM inn mireyge press conference ga ekan dhogu ekuranee Maseeh ah birudhakkaigen isthiufaa anburaagendhiyaima kamah qaboolukurevey
— Ahmed Mahloof (@AhmedMahloof) February 19, 2018
ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޯނުން ވާހަކަ ދައްކަވަމުން މަސީހް ވިދާޅުވީ އޭނާ ހުންނެވީ ރައްޔިތުންނާއި އެކުގައި ކަމަށެވެ.
"އަޅުގަނޑު މިހިރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި. މިހާރު ވެސް މަސައްކަތް ކުރަމުން މިދަނީ މާދަމާ ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވޭތޯ. މިހިރީ ދިވެހި ރައްޔިތުންނާއި އެކު. ދިވެހި ގައުމަށް ދިމާވެފައިވާ ކަންތައްތަކުން އަރައިގަތުމުގެ މަސައްކަތް ކުރަމުން މިގެންދަނީ." މަސީހް ވިދާޅުވިއެވެ.
މަހްލޫފް ޓްވީޓް ކުރައްވާފައި ވަނީ މަސީހު އެޕްރެސް ކޮންފަރެންސްގައި ފޯނުން އެހެން ވިދާޅުވިތާ ކުޑައިރުކޮޅެއް ފަހުންނެވެ.
ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ މެދުތެރެއިން މަސީހު ވަނީ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާ ރިޔާސަތު ހަވާލުކޮށް ވަޑައިގަންނަވާފައެވެ.