ކ. މާލެ
|
19 ފެބްރުއަރީ 2018 | ހޯމަ 11:30
ހެޕީ މަރޓް ފިހާރަ
ހެޕީ މަރޓް ފިހާރަ
މުހައްމަދު ޝަރުހާން
އިންފްލޭޝަން
މިދިޔަ ޑިސެމްބަރު މަހުގެ އިންފްލޭޝަން 1.3 ޕަސެންޓް އިތުރުވެއްޖެ
އަގުތައް މަތިވީ ދިރިއުޅޭ ތަންތަނުގެ ކުލިތައް މަތިވުމުގެ ސަބަބުން

މިދިޔަ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖޭގެ ތަކެއްޗާއި ހިދުމަތުގެ އަގުތަށް 1.3 ޕަސެންޓް މައްޗަށް ޖެހިލައިފި އެވެ.

އެމްއެމްއޭއިން އާންމު ކޮށްފައިވާ އިގްތިސާދީ މުރާޖައާ ރިޕޯޓުގައި ހާމަކޮށްފައިވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި އިންޕްލޭޝަން ރޭޓް 0.6 ގައި ހުރުމަށް ފަހު އެ އޭޓް 1.3 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް އެމްއެމްއޭއިން ބުނެ އެވެ. މީގެ މައިގަނޑު ސަބަބަކީ އެ މުއްދަތުގެ ތެރޭގައި ދިރިއުޅޭ ތަންތަނުގެ ކުއްޔާއި ދުންފަތުގެ ބާވަތްތަކާއި އަދި ކާބޯތަކެތީގެ ބާވަތްތަކުގެ އަގުތައް މަތިވުމެވެ. އެހެން ނަމަވެސް އެ މުއްދަތުގައި ކަރަންޓްގެ އަގު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

މަހުން މަހަށް ބަލާ އިރު މިއީ 0.9 ޕަސެންޓްގެ އިތުރުވުމެކެވެ. މީގެ މައިގަނޑު ސަބަބަކީ މި މުއްދަތުގެ ތެރޭގައި ކާބޯތަކެތީގެ ތެރެއިން މަހުގެ ބާވަތްތަކުގެ އަގު ފާހަގަ ކޮށްލެވޭ މިންވަރަކަށް އިތުރުވުމާއި ތަރުކާރީގެ އަގާއި އަދި ދިރިއުޅޭ ތަންތަނުގެ ކުލި އިތުރުވުން ކަމަށް އެމްއެމްއޭ އިން ހާމަކުރެ އެވެ.

- ކޮމެންޓް