ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައި ވަނީ ސަސްޕެންޑްކޮށްފައިވާ ޤާނޫނެއްގެ ދަށުން ކަމަށާއި، އެހެންވެ ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގެން ހުންނެވީ ހަނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހުގެރޭގެ މުޒާހަރާ އިން ހައްޔަރުކުރުމަށް ފަހު އަލީ ހުސެއިންގެ މައްޗަށް ފުލުހުން ތިން ތުހުމަތެއްކޮށްފައި ވެއެވެ. އެގޮތުން އަލީ ހުސެއިންގެ މައްޗަށް ކުރަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ތުހުމަތާއި، މާލޭގެ އަމާންކަން ނަގާލަން މަސައްކަތް ކުރުމުގެ ތުހުމަތާއި، ފުލުހުންނާ ހަޑިހުތުރުބަހުން މުއާމަލާތް ކުރި ކަމުގެ ތުހުމަތެވެ.
އެ ތިން ތުހުމަތާ ހަވާލާދީފައި ވަނީ ޤާނޫނުލް އުޤުބާތުގެ ތިން މާއްދާއާއެވެ. އެއީ 532 ވަނަ މާއްދާ އާއި، 533 ވަނަ މާއްދާއާ، 82 ވަނަ މާއްދާއެވެ.
ހޮނިހިރު ދުވަހުގެ ރޭ އަލީ ހުސެއިން ހައްޔަރުކޮށްފައި ވަނީ ޖިނާއީ އިޖުރާތުގެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވައިދަކާ ހިވާލާދިނުމަށް ފަހުއެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖިނާއީ އިޖުރާތުގެ ޤާނޫނު އެކުގައި ސަސްޕެންޑްކުރައްވާފައެވެ.
ފުލުހުންގެ އިދާރަ އިން ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަލީ ހުސެއިން ވިދާޅުވީ އޭނާ ހައްޔަރުކުރުމަށް ހަވާލާދީފައިވާ ގަވާއިދަކީ ސަސްޕެންޑްކޮށްފައިވާ ޤާނޫނުނެއްގެ ދަށުން ހަދާފައިވާ ގަވާއިދެއް ކަމަށެވެ. އެހެންކަމުން ހައްޔަރުކޮށްފައި ވަނީ ޤާނޫނުތަކާއި ހިލާފަށް ކަމަށާއި، އެއާ އެކު ތަރުތީބުވެގެން އަންނަ ހުރިހާ ކަމެއް ވެސް ބާތިލްވާނެ ކަމަށެވެ.
އަލީ ހުސައިން ވިދާޅުވީ ސުވާލު ވެސް ކުރެވުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކަމަށެވެ. ސަސްޕެންޑް ކުރެވިފައިވާ ގާނޫނެއްގެ ދަށުން ސުވާލު ވެސް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާރު ޖިނާއީ އިޖުރާތުގެ ޤާނޫނު މި އޮތީ ސަސްޕެންޑްކޮށްފައި ކުއްލި ނުރައްކަލުގެ ހާލަތުގައި، އެހެންވީމާ ޤާނޫނު ސަސްޕެންޑްވެފައި އޮއްވާ ޤާނޫނުގެ ބޭނުންކޮށްގެންނެއް ފުލުހުންނަކަށް އަޅުގަނޑާ ސުވާލެއް ނުކުރެވޭނެ"
Hon. Mp Ali Hussain ah police suvaalu kurani kuhli nurahkaluge haalathuga Suspend kohfaivaa Qaanoonu thakuge dhashun suvaalu nukureveyne kamah bune, hanuhurumuge haggu libigane, mihaaru nikume vadaigenfi. @AleeVoice @qasimibrahim @riyazabdulla @JPSecretariat pic.twitter.com/CJcgAAyIfQ
— Jumhooree Party (@Jumhooree_MV) February 18, 2018