މިދިޔަ ހަފުތާ އާދިއްތަ ދުވަހުގެ ރޭ އައްޑޫ ސިޓީ ހިތަދޫ ދެ ގެއެއްގައި ރޯކޮށްލި މައްސަލައާ ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީ 18 އަހަރު ނުފުރޭ ދެ ކުދިންނާއި 18 އަހަރުން މަތީގެ ހަތަރު މީހުން ކަމަށެވެ. އޭގެ ތެރެއިން ދެ ކުދިންގެ ބަންދަށް ހަތް ދުވަސް އަދި ހަތަރު މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާކަމަށް ފުލުހުން ބުނެއެވެ.
ރޯކޮށްލާފައި ވަނީ، ސ. ހިތަދޫ ޑޭޝް އަދި ދޮންލަފަރު ގޭގަ އެވެ.
އައްޑޫ ލައިވްއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ދޮންލަފަރުގޭގައި ރޯކޮށްލުމުގެ ސަބަބުން އެގޭގެ ސިޓިން ރޫމާއި ބަދިގެ ވަނީ އެއްކޮށް އަދާފައެވެ. އެހެން ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެއެވެ.
ދެން ރޯކޮށްލާފައި ވަނީ ހިތަދޫ ޑޭޝް ގޭގެ ބޭރުގައި ހުރި ހަޓެއްގައެވެ.