މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ވެހިކަލް ޑްރައިވަރުގެ ބޯ އަނބުރައިގަތުމުގެ ސަބަބުން ވެހިކަލް ކޮންޓްރޯލުން ނެއްޓި ކްރިމިނަލް ކޯޓުގެ ދޮރަށް އަރައި ވެހިކަލަށާއި ކްރިމިނަލް ކޯޓަށް ގެއްލުންތަކެއް ވެއްޖެ އެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލަކު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެ ވެހިކަލް ދުއްވަން އިން ޑްރައިވަރުގެ ބޯ އަނބުރައިގަނެ، ހޮޑުވެލިފައިވުމުން، ވެހިކަލް ކޮންޓްރޯލުން ނެއްޓުނީ ކަމަށެވެ. އޮފިޝަލް ވިދާޅުވީ ޑްރައިވަރު ދުއްވާފައި އައީ މާބާރަށް ނޫން ކަމަށާއި ނަމަވެސް ޑްރައިވަރަށް ކުއްލިއަކަށް އެގޮތަށް ދިމާވުމުން ވީކަމެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ވެހިކަލް ގޮސް ކްރިމިނަލްގެ ދޮރުކައިރީ ހަދާފައިވާ ދަގަނޑު ފެންސަށް ވަނީ އަރާފަ އެވެ.
ވެހިކަލަށް ގެއްލުންތަކެއް ވެފައިވާއިރު ކްރިމިނަލް ކޯޓަށްވެސް ކޮންމެވެސް ވަރަކަށް ގެއްލުންވެފައި ވެއެވެ.
މިހާދިސާ ހިނގީ އާދިއްތަ ދުވަހުގެ 11:30 އެހާކަންހާއިރު އެވެ. ކަރެކްޝަންސްގެ ވެހިިކަލްތަކަކީ ގައިދީން ގޮވައިގެން ރަސްމީ ކޮންމެ ދުވަހަކު އާއްމުކޮށް ކްރިނަލް ކޯޓަށް ދަތުރުތައް ކުރަންޖެހޭ ވެހިކަލް ތަކެކެވެ.