ކ. މާލެ
|
18 ފެބްރުއަރީ 2018 | އާދީއްތަ 11:07
ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް
ހޯރަފުށީ ދާއިރާގެ މެމްބަރު
ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުކިޔަން ނޭގުމުން އެތައްބައެއްގެ މަލާމާތް ވަނީ ރައްދު ވެފައި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ނަން ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ކިޔަން އުޅެއުޅޭ ކިޔާ ގޮތެއް ނުވި ވީޑިއޯ ވައިރަލް ވެއްޖެއެވެ.

މީގެ ދެ ދުވަސް ކުރިން ޗެނަލް13 ގެ ޕްރޮގްރާމެއްގައި މެމްބަރު މުހައްމަދު އިސްމާއިލަށް ރައީސް ޔާމީންގެ ނަން ފުރިހަމަ އަށް ނުކިޔުމުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ. 

އެ ވީޑިއޯގައި މުހައްމަދު އިސްމާއީލް ވިދާޅުވަނީ" މިއަދު މިސަރުކާރަށް އަބްދުﷲ ރައީސް ޔާމީން އަބްދުލްގައްޔޫމް، އަބްދުﷲ އަބްދުލް ގައްޔޫމް، ރައީސް ޔާމީން އަބްދުލް އަބް.." އެވެ. އެހެން ކިޔުއްވުމަށްފަހު އަނެއްކާވެސް ރައީސް ޔާމީންގެ ނަން ކިޔުއްވުމަށް ބޯއަނބުރާލެއްވުމަށްފަހު މަސައްކަތް ކުރައްވައެވެ. އަދި އެ ޕްރޮގްރާމްގެ ޕްރެޒެންޓަރ ހޭއަޑުވެސް އިވިގެންދެއެވެ. އޭގެ ފަހުންވެސް އޭނާއަށް ރައީސް ޔާމީންގެ ނަން ކިޔުއްވުނީ އުނދަގުލުންނެވެ.

އެއަށްފަހު ވިދާޅުވަނީ "ރައީސް ޔާމީން މިއަދު އެންމެންގެ މައްޗަށްވެސް ގާނޫނީ ވެރިކަން އެބަހިންގާކަން އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ" ކަމަށެވެ.

މުހައްމަދު އިސްމާއީލް އަކީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުއާއެކު ވަރަށް އަރިހުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި ފައިސާ ގޯނި ހިއްޕަވައިގެން ބަހަން އުޅުއްވި ކަމަށް އޭނާ އިއުތިރާފް ވެވަޑައިގެންނެވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް