ބްރޯޑްކާސްޓިން ކޮމިޝަނުން މަސައްކަތް ކުރަނީ ސަރުކާރުގެ ވައްކަމާއި އަނިޔާވެރިކަމާއި ފަސާދަ ފޮރުވަން ކަމަށް އާދާލަތު ޕާޓީން ބުނެފިއެވެ.
ސަރުކާރު ވައްޓާލުމަށް ބައެއް މީޑިއާތަކުން ހިތްވަރުދޭ ކަމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހޮނިހިރު ދުވަހު ބުނެފައި ވަނިކޮށް، ޢަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ މުގައްރިރު އަލީ ނަޒީރު ހޮނިހިރު ދުވަހުގެރޭ ކުރެއްވި ޓްވީޓް ތަކެއްގައި ވަނީ ބްރޯޑްކާސްޓިން ކޮމިޝަނުން ސަރުކާރުގެ މިލިއަން ޑޮލަރުގެ ހިޔާނާތްތައް ފޮރުވަން މަސައްކަތް ކުރާކަމަށް ތުހުމަތު ކުރައްވާ ކަމަށެވެ.
ނަޒީރު ވިދާޅުވީ މިނިވަންކަމާއެކު ހަބަރާއި މައުލޫމާތު ފަތުރާ މާހައުލެއް ގާއިމްކުރުމަށްޓަކައި ބްރޯޑްކާސްޓަރުން ރެގިއުލޭޓް ކުރުމުގެ ބަދަލުގައި ކޮމިޝަނުން ކުރާ މަސައްކަތަކީ ރައްޔިތުންނާއި ދެކޮޅަށް ހިންގާ އަނިޔާވެރި ޖަރީމާތަކާއި ވައްކަމާއި ފަސާދައިގެ އަމަލުތަކަށް ހިތްވަރު ދިނުން ކަމުގައެވެ.
Minivan kamaaeku khabaraai mauloomaathu fathuraa maahauleh qaaimkurumattakaa broadcastors regulate kurumuge badhalugai, Broadcom in kuraa kamakee rayyithunnaa dhekolh hingaa aniyaaveri jareemaathakashaai vakkamaa fasaadhaige amaluthakah hiyvarudhinun.https://t.co/WYyEoYqL8o
— Ali Nazeer (@alynazeer) February 17, 2018
މީގެ އިތުރުން މީޑިއާތަކާއި ނޫސްވެރިންނާއިމެދު ޣައިރު ޤާނޫނީ ފިޔަވަޅުތައް އަޅައިގެން "ޔާމީނަށް ތަބާވާ މަދު ބަޔަކު ހިންގާ ބޮޑެތި މިލިއަން ޑޮލަރުގެ ވައްކަމާއި ރައްޔިތުން ގައިގައި ތަޅާ އަނިޔާކޮށް ލޭ އޮހޮރުވާލައި ހިންގާ ޖަރީމާތައް ސިއްރުކުރުމަށް" ބްރޯޑްކާސްޓިންގ ކޮމިޝަނުން މަސައްކަތް ކުރަމުން ގެންދާކަމަށް ނަޒީރު ވިދާޅުވިއެވެ.
Adhi media thakaai noosverinnaamedhu ghairu qaanoonee fiyavalhu alhaagen, Yameen ah thabaavaa madhubayaku hingaa bodethi million $ ge vakkamaai rayyithun gaiga thalhaa aniyaathakoh leyohoruvaalaa hingaa jareemaathah sirrukurun.#JournalismIsNotACrime
— Ali Nazeer (@alynazeer) February 17, 2018
pic.twitter.com/COME2oi9aa