ކ. މާލެ
|
18 ފެބްރުއަރީ 2018 | އާދީއްތަ 01:24
މުޒާހަރާގެ ތެރެއިން: ބައެއް މީހުން ވަނީ ބަންދުކޮށްފައި
މުޒާހަރާގެ ތެރެއިން: ބައެއް މީހުން ވަނީ ބަންދުކޮށްފައި
ރާއްޖެއެމްވީ
ގުޅިފައިވާ ސިޔާސީ ޕާޓީތައް
މުޒާހަރާގެ ބައިވެރިން މިރޭވެސް މަގުމައްޗަށް. އަލީ ހުސައިން ހައްޔަރުކޮށްފި
ފުރަތަމަ މުޒާހަރާ އޮތީ އެމްޑީޕީ ހަރުގެ ސަރަހައްދުގައި
މިހާރު ވަނީ މަގުމައްޗަށް ނުކުމެފައި
ސައިކަލް ތަކުގައިވެސް ގިނަ ބަޔަކު ބައިވެރިވޭ

ސުޕްރީމް ކޯޓުން މިމަހުގެ 1 ވަނަ ދުވަހު ނެރުނު އަމުރު ތަންފީޒް ކުރުމަށް ގޮވާލާ ގުޅިފައިވާ ޕާޓީތަކުން ސިލްސިލާކޮށް ބާއްވާ މުޒާހަރާގެ ތެރެއިން މިރޭ ވެސް މަގުމައްޗަށް މީހުން ނުކުމެއްޖެއެވެ.

މުޒާހަރާގެ ބައިވެރިން މަގުމައްޗަށް ނުކުމެފައިވަނީ އެމްޑީޕީ ހަރުގެ ސަރަހައްދުގައި މުޒާހަރާ ކުރަމުން ދަނިކޮށް ފުލުހުން ހުރަސްއެޅުމާއެކު މިރޭ ގާތްގަނޑަކަށް 11:30 ހާއިރުއެވެ. މުޒާހަރާގެ ބައިވެރިން މަގުމައްޗަށް ނުކުންނަން ފުރަތަމަ މިސްރާބު ޖެހީ މަޖީދީ މަގުންނެވެ. ނަމަވެސް އެސްއޯ ފުލުހުން ސަފަކަށް އެތުރި މަގު ބަންދުކޮށް އެއްބައެއްގެ ލޮލަށް ޕެޕަރ ސްޕްރޭ ޖެހުމާއެކު މުޒާހަރާގެ ބައިވެރިން ވަނީ ސައިކަލް ތަކުގައި އެކި މަގުތަކުން ނުކުމެ މަޖީދީމަގަށް ގޮސްފައެވެ. އަދި މަޖީދީ މަގާއި ޗާންދަނީމަގު ގުޅުނު ހަތަރު އަނގޮޅި ކަންމައްޗަށް މީހުން ވަނީ ޖަމާވެފައެވެ. އެޔާއެކު ގިނަ އަދަދެއްގެ ފުލުހުން އެސަރައްހައްދަށް ޖަމާވެ ބޭނުންވާ މީހުން ހައްޔަރުކުރަން ފެށިއެވެ. އަދި އެއްވެފައިވާ ޢާއްމުން ފަހަތަށް ޖައްސައި ބައެއް ގޯޅިތަކަށް ޢާއްމުން ވަނީ ވައްދާފައެވެ.

ޕެޕަރ ސްޕްރޭ ޖަހައި ހައްޔަރުކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ހިމެނެއެވެ.

ހުކުރު ދުވަހުގެރޭ ވެސް ވަނީ ގިނަ ބަޔަކު މަގުތަކަށް ނުކުމެ ޝުޢޫރު ފާޅުކޮށްފައެވެ. އަދި މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމުގެ ތެރޭގައި ވަރަށް ބޮޑަށް ބާރުގެ ބޭނުންކޮށް ބަޔަކު ހައްޔަރުވެސް ކޮށްފައެވެ. އޭގެ ތެރޭގައި ނޫސްވެރިންނަށް ވަރަށް ބޮޑަށް އަނިޔާ ކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް