ރައްޔިތުންގެ މަޖިލީހުގެ ގަލޮލު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފް އަނެއްކާވެސް ފުލުހަށް ހާޒިރުވުމަށް އަންގައިފިއެވެ.
ހޮނިހިރު ދުވަހުގެރޭ ފުލުހުން މަޚްލޫފާއި ހަވާލުކޮށްފައިވާ ޗިޓުގައި، އާދީއްތަ ދުވަހުގެރޭ 20:30 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް މަޚްލޫފަށް ވަނީ އަންގާފައެވެ.
Anehkaaves aa chit eh, mifaharu Maafushi Jalu kairee muzaaharaa kohgen maadhamaarey 20:00 ah Police ah #MaldivesInCrisis #StateOfEmergency @Raajje_tv @vaavu @Sangu_tv @Mihaarunews @avasmv @sunbrk @vfp_mv @hafthaMV pic.twitter.com/ZjQp15o0Id
— Ahmed Mahloof (@AhmedMahloof) February 17, 2018
ޗިޓުގައިވާގޮތުން އާދީއްތަ ދުވަހުގެރޭ މަޚްލޫފް ޕޮލިހަށް ހާޒިރުކުރަނީ، 3 ފެބްރުއަރީ 2018 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި މަޚްލޫފް އާއި އިތުރު ބަޔަކު އިސްނަގައިގެން ކ. މާފުށީ ޖަލު ކުރިމައްޗަށް އެއްވެ، މުޒާހަރާ ކުރަންތިބި މީހުންގެ ތެރެއިން ބަޔަކު ޖަލުގެ މައި ގޭޓު މައްޗަށް އަރައި، ގޭތް ތަޅުވައި، އެތެރެއަށް ވަދެގަންނަން މަސައްކަތް ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއްގައި ސުވާލުކޮށް ބަޔާން ނެގުމަށެވެ.
މި މައްސަލައިގައި އާދީއްތަ ދުވަހުގެރޭ މަޚްލޫފް ފުލުހަށް ހާޒިރު ކުރާއިރު، ހުކުރު ދުވަހު ތަފާތު ދެމައްސަލައެއްގައި، އަދި ހޮނިހިރު ދުވަހުވެސް ތަފާތު ދެ މައްސަލައެއްގައި މަޚްލޫފް ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.
ހުކުރު ދުވަހުގެ މެންދުރާއި ހަވީރު މަޚްލޫފް ފުލުހަށް ހާޒިރުކޮށްފައިވަނީ، މަޚްލޫފް ކޮށްފައިވާ ދެ ޓްވީޓަކާއި ގުޅިގެން ފުލުހުން ބަލަމުންދާ ވަކިވަކި ދެ މައްސަލައަކާއި ގުޅިގެން ސުވާލުކޮށް ބަޔާން ނެގުމަށެވެ.
Maldives @PoliceMv is summoning me regarding 2 tweets. First summon for 14:30 and the second summon for 17:00. Please save me @Twitter :) pic.twitter.com/YxyumKhIRP
— Ahmed Mahloof (@AhmedMahloof) February 15, 2018
ހޮނިހިރު ދުވަހުގެ ހަވީރު މަޚްލޫފް ފުލުހަށް ހާޒިރުކޮށްފައިވަނީވެސް ޓްވީޓެއްގެ މައްސަލައިގައެވެ. އަދި ހޮނިހިރު ދުވަހުގެރޭ މަޚްލޫފް ފުލުހަށް ހާޒިރުކޮށްފައިވަނީ ހުކުރުދުވަހު މާލޭގައި ކުރިއަށްގެންދިޔަ އެއްވުމަކާއި ގުޅިގެން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައެވެ.
3 iru kaa beyhen henn fulus ofeehah haazirukoh adhi hayyarukoh ves, bandhukoffa alhugandumen nubeythibbey kamee Allah Iraadhafulhaaeku kaamiyaabuvumuge alaamaaiy. Maadhamaa 17:00 ah adhi 20:00 ah police ah haaziruvaan chit vanee havaalu koffa. Rayyithunge hivvarah saabas pic.twitter.com/D11oX1VylZ
— Ahmed Mahloof (@AhmedMahloof) February 16, 2018
ގުޅިފައިވާ ޕާޓީތަކުގެ ތަރުޖަމާނުކަންވެސް ކުރައްވާ މަޚްލޫފް އަކީ އިދިކޮޅު ހަރަކާތުގެ މަގުމަތީ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅެކެވެ.