ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ހައްޔަރުކޮށްފި އެވެ.
މަހުލޫފް ހައްޔަރުކޮށްފައިވާ އިރު އިދިކޮޅު ފަރާތްތަކުން މިއަދު ކުރިއަށްދިޔަ އެއްވުމުގައި ވަނީ އިދިކޮޅު ފަރާތްތަކުގެ ގިނަ ބަޔަކު ހައްޔަރުކޮށްފަ އެވެ.
މީގެ އިތުރުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ހައްޔަރުކޮށްފައިވެ އެވެ. އަދި އެމްޑީޕީގެ އެކްޓިވިސްޓް ރަޝީދު މޫސާ ހައްޔަރުކޮށްފައިވާ އިރު އެމްޑީޕީ ޔޫތް ވިންގ ގެ އައިމިނަތު ސިނާނާ ވަނީ ހައްޔަރުކޮށްފަ އެވެ.
މާލޭގައި މިއަދު ބޭއްވި އެއްވުން، އެންމެ ފުރަތަމަ ފަށާފައިވަނީ އެމްޑީޕީ ހަރުގެ ސަރަހައްދުގަ އެވެ. އެހެން ނަމަވެސް އެއްވުމުގެ ބައިވެރިން ވަނީ މަޖީދީމަގު ސަރަހައްދަށް ވެސް އެއްވެފަ އެވެ. ފުލުހުން ދަނީ އެއްވުމަށް ފުރުސަތު ނުދީ ބާރުގެ ބޭނުންކޮށްގެން އެއްވުން ރޫޅާލަމުންނެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށްގެންދިޔަ ހަރަކާތުގައި ހައްޔަރުކޮށްފައިވަނީ ޖުމްލަ ކިތައް މީހުން ކަމެއް އަދި ސާފެއް ނުވެ އެވެ.