ރާއްޖެޓީވީގެ ނޫސްވެރިޔާ ހުސައިން ހަސަން ވަރަށް އަނިޔާވެރިކޮށް ހައްޔަރުކޮށްފި އެވެ.
ހުސައިން ހަސަން ހައްޔަރުކޮށްފައި ވަނީ އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ އެއްވުމުގައި ލައިވް ކަވަރޭޖްގައި ވާހަކަ ދައްކަމުން ދަނިކޮށެވެ.
އިދިކޮޅު ފަރާތްތަކުން، ކުރިއަށް ގެންދިޔަ އެއްވުމުގައި ނޫސްވެރިން ފަހަތަށް ޖައްސާ، ނޫސްވެރިންގެ މަސައްކަތަށް ހުރަސް ހަޅަމުންދިޔަ ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވި ނޫސްވެރިން ވަނީ ހާމަކޮށްފަ އެވެ.