ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ހޮނިހިރު ދުވަހު ވެސް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފި އެވެ.
މަހްލޫފު ކޮށްފައިވާ ޓުވީޓަތަކަކާއި ގުޅިގެން ކަމަށް ބުނެ ހުކުރު ދުވަހު ވެސް ދެ ގަޑިއެއްގައި ފުލުސް އޮފީހަށް އޭނާ ހާޒިރުކޮށްފައިވެ އެވެ.
ހުކުރު ދުވަހު އޭނާ ހާޒިރުކުރީ މެންދުރު ފަހު 3:00 ގައި އާއި ހަވީރު 5:00 ގައެވެ. އަދި އޭނާ އާއި ވަނީ ތުހްމަތު ކުރެވޭ މައްސަލައާ ގުޅޭ ގޮތުން ސުވާލު ކޮށްފައެވެ.
މާދަމާގެ ހަވީރު މަހޫފު ހާޒިރުވާން އަންގާފައިވަނީ ކޮން ތުހްމަތެއްގައި ކަމެއް ނޭނގެ އެވެ.