ރައީސް ޔާމީން މަގާމުން އިސްތިއުފާދެއްވައި ދެފުއްފެންނަ މިނިވަން އިންތިހާބެއް ބޭއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވައިލައްވައިފި އެވެ.
ރައީސް ނަޝީދު ކުރައްވާފައިވާ ޓްވިޓުގައި ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކުރުމުގެ ސަބަބުން އެތަށް ހާސް ބައެއް ހުކުރު ދުވަހު މަގުތަކަށް ނިކުމެފައިވާ ކަމަށެވެ. ރައީސް އަބްދުﷲ ޔާމީން ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވަންޖެހޭ ކަމަށާއި އެއަށްފަހު ވަގުތީ ސަރުކާރެއް އެކުލަވާލުމަށް ފުރުސަތު ދޭންޖެހޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި މިނިވަން، ދެފުއްފެންނަ އިންތިހާބަކަށް ފުރުސަތު ހުޅުވާލަންޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
Thousands protest across the Maldives against President Yameen’s refusal to enforce the Supreme Court ruling to release political prisoners. President Yameen must step down, allow for interim Govt to facilitate free, fair and inclusive elections in the Maldives. pic.twitter.com/VURa7MDfEq
— Mohamed Nasheed (@MohamedNasheed) February 16, 2018
ހުކުރު ދުވަހުގެ ހަވީރު މާލޭގައި ކުރިއަށްދިޔަ އެއްވުން ރޫޅާލުމަށް ކަރުނަ ގޭހާއި ޕެޕާ ސްޕްރޭ ޖެހިއިރު، އައްޑޫގައި ބޭއްވި ލޮރީ ބުރަށް ހުރަސް އެޅުމުގެ ގޮތުން ސިފައިންނާއި ފުލުހުން ވަނީ ލިންކް ރޯޑް ބަންދުކޮށްފައެވެ. އައްޑޫގައި މަގު ބަންދުކުރުމާއެކު، ވެހިކަލްތަކުން ފައިބައި މީހުން ވަނީ އަޑުއުފުލަން ފަށައިފައެވެ.
ސުލްހަވެރި މި އެއްވުމަށް ފުލުހުން ބާރުގެ ބޭނުންކުރަމުން ދިޔައިރު، ނޫސްވެރިންގެ މޫނަށް ވެސް ވަނީ ޕެޕަރ ސްޕްރޭ ޖަހައިފަ އެވެ.
އެމްޑީޕީގެ ހަރުގެއަށް ރަޔަޓް ފުލުހުން ޝީލްޑާއެކު ވަދެ، މީހުން ބޭރުކޮށް ސައުންޑް ވެސް ކަނޑާލި އެވެ. ހަރުގެއިން މީހުން ބޭރުކުރުމާއެކު އާޓިފިޝަލް ބީޗް ސަރަހައްދާއި މަގުތަކުގައި ތިބެ މީހުން ދިޔައީ އަޑު އުފުލަމުންނެވެ.