މާލޭގައި އޮތް އެއްވުމުގައި ބައިވެރިވި މީހެއްގެ އަތް ބިންދައިގެން ހިނގައްޖެ
އަތް ބިއްދައިގެން ގޮސްފައިވަނީ އެމްޑީޕީ ހަރުގެ ސަރަހައްދުގައި ތިބި މީހުން ފުލުހުން ދުރު ކުރަމުން ދަނިކޮށް ވެއްޓިގެންނެވެ.
އަތް ބިންދައިގެން ދިއުމުގެ ސަބަބުން އެމީހާއަށް ވަނީ އޭޑީކޭއިން ފަރުވާދީފަ އެވެ.
އެއްވުން ރަނގަޅަށް ނުފެށެނީސް ފުލުހުން ވަނީ އެމްޑީޕީގެ ހަރުގެ ހިސޯރުކޮށް، މުޅި ސަރަހައްދުގައި ބެރިކޭޑް ޖަހައިފައެވެ.
މި އެއްވުން ރޫޅާލުމަށް ކަރުނަ ގޭސް ބޭނުންކޮށްފައިވާ އިރު ޕެޕާ ސްޕްރޭ ގިނަ ބައެއްގެ މޫނަށް ވަނީ ޖަހާފަ އެވެ.