ކ. މާލެ
|
16 ފެބްރުއަރީ 2018 | ހުކުރު 19:07
މެދުފުށި އައިލެންޑް ރިސޯޓް
މެދުފުށި އައިލެންޑް ރިސޯޓް
ބުކިންގ.ކޮމް
ރާއްޖޭގެ ފަތުރުވެރިކަން
ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އޮކިއުޕެންސީ 65 ޕަސެންޓް ދަށަށް ދާނެ!
ޗާއިނާގެ ނިއު އިޔަރގައި އަންދާޒާ ކުރިވަރާ ގާތަށް ވެސް ފަތުރުވެރިން ނާދޭ
ގިނަ ބަޔަކު ދަނީ ކުރިން ހައްދާފައިވާ ބުކިންގތައް ކެންސަލް ކުރަމުން
ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ފަތުރުވެރި ކަމަށް ބޮޑު ހީނަރުކަމެއް

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުގެ ސަބަބުން ރާއްޖޭގެ އޮކިއުޕެންސީ 65 ޕަސެންޓް ދަށަށް ދާނެ ކަމަށް ކެޕިޓަލް ޓްރެވެލް އެންޑް ޓުއަރސްގެ ސީއީއޯ އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ކުރީގެ ރައީސް ޔޫސުފް ރިއްފަތު ވިދާޅުވެއްޖެއެވެ.

ރިއްފަތު ކުރައްވާފައިވާ ޓްވީޓްގައި ބުނެފައި ވަނީ މިއަހަރުގެ ޗައިނީސް ނިއު އިޔަރގައި ރާއްޖޭގެ ފަތުރުވެރި ކަމަށް ކުރިމަތިވީ ވަރަށް ބޮޑު ފްލޮޕެއް ކަމަށާއި ޗާއިނާ އިން ގިނަ ކެންސެލޭޝަންސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ޗައިނާގެ ސިޓީތަކުން ޗައިނާގެ ރައްޔިތުންނަށް ދިވެހިރާއްޖެއަށް ނައުމަށް އަންގަމުންދާ ކަމަށާއި މިކަމުގެ ސަބަބަކީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. ޗައިނާ އިން ވަނީ ޓްވެރަލް އެޑްވައިޒަރީއެއް ނެރެފައެވެ. 

 ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުގެ ސަބަބުން ފަތުރުވެރިކަން އެއްކޮށް ހަލާކު ވެގެންދާ ކަމަށާއި އަނެއްކާ ވެސް ފަތުރުވެރިން ރާއްޖެ އައުމަށް އެތައް ދުވަސްތަކެއް ނަގާނެ ކަމަށް ރިއްފަތު ވިދާޅުވިއެވެ. 

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުގެ ސަބަބުން ރާއްޖެއަށް އިންވެސްޓްމެންޓްތައް އައުން މަދުވެ ފަތުރުވެރިން ރާއްޖެއަށް އަންނަ މިންވަރު ވަރަށް ބޮޑުތަން ދަށް ވެގެންދާނެ ކަމަށް މަޝްހޫރު ކްރެޑިޓް ރޭޓިންގ އޭޖެންސީ މޫޑީސް އިން ވަނީ ބުނެފައިވެއެވެ. އަދި ހައި ސީޒަންގެ ތެރޭގައި މިފަދަ ކަމެއް ކޮށްފައިވާތީ ޓުއަރިޒަމް ދާއިރާގެ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

މީގެ ނަތީޖާއެއްގެ ގޮތުން މުޅި އިގްތިސާދުގެ ކުރިއެރުން 4.5 ޕަސެންޓަށް ދަށް ވެގެންދާނެ ކަމަށް ލަފާކޮށްފައިވެއެވެ. މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރި އަރާފައި ވަނީ 6.2 ޕަސެންޓަށެވެ.

މިއީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި ދެ ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވަނީ 2015 ވަނަ އަހަރު އެވެ. އެއަހަރު ވެސް ޓުއަރިޒަމަށް ނޭދެވޭ އަސަރުކޮށް މުޅި އިގްތިސާދުގެ ކުރިއެރުން 2.8 ޕަސެންޓަށް މަޑުޖެހިލިއެވެ.

- ކޮމެންޓް