ރައީސް އަބްދުﷲ ޔާމީނަށް ވުރެ އަނިޔާވެރި ވެރިއެއް ނުދެކޭ ކަމަށާއި މިފަދަ އަމަލުތައް ހިންގާ އެއްވެސް ފަރާތެއް މީގެ ކުރިން، ދުވަހަކު ވެސް ނުދެކޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކްރިމިނަލް ކޯޓުން ކުރި ދިގު މުއްދަތުގެ ހުކުމަށް ފަހު ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގެން މިހާރު ޖަރުމަނު ވިލާތުގައި ހުންނެވި ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، "މިވަރުގެ ދޮގު ބުނާ އަނިޔާވެރި ކަމާއި، ބޮޑާކަމާއި ކިބުރު ވެރި އަދި ރަހުމެއް ނެތް ވެރިއެއް ނުދެކެން ކަމަށާއި ރާއީސް ޔާމީނަކީ ލާއިންސާނީ އަމިއްލަ އެދުމުން ފުރިފައިވާ ބޭފުޅެއް ކަމަށެވެ. ރައީސް ޔާމީން އަމަލުކުރައްވަމުން ގެންދަވަނީ ގާނޫނާއި ދީނަށް ބެލުމެއް ނެތި ވެސް ގާސިމް ވިދާޅުވެފައި ވެއެެވެ.
Qasim Aduehi Adhi dhuh enme Aniyaaveri Veriakee R Yameen . mivaru dhogubunaa Aniyaaveri kamaa bodaakamaa kiburu veri rahumeh neiy laainsaaney Amilla edhumun furifaivaa Qanoon aa dheenah ves belumeh nethi Kankuramundhaa ehen meehaku ge Adeh nuivey adhi nudheken .
— Qasim Ibrahim (@qasimibrahim) February 16, 2018
ގާސިމް މިފަދަ ޓްވީޓެއް ކުރައްވާފައިވާ އިރު ހުކުރު ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދަނީ ސުޕްރީމް ކޯޓުގެ އަމުރާއި ގުޅިގެން އެއްވުންތައް ބާއްވަމުންނެވެ. އެގޮތުން މާލޭ އެމްޑީޕީ ހަރުގެ ސަރަހައްދުގައި ގިނަ ބަޔަކު އެއްވެފައިވާ އިރު އައްޑޫ ސިޓީގައި ވެސް ގިނަ ބަޔަކު ވަނީ އެއްވެފައެވެ.
މީގެ އިތުރުން ގާސިމް ވަނީ އިތުރު ލިޔުމެއް ވެސް ޓްވީޓް ކުރައްވާފައެވެ. އެ ލިޔުމުގައި ވަނީ އެންމެ މަތިވެރި ޖިހާދަކީ އަނިޔާވެރި ވެރިއެއްގެ ކުރިމަތީގައި ހައްގުބަސް ބުނުން ކަމަށެވެ.
— Qasim Ibrahim (@qasimibrahim) February 16, 2018