ރީތި ބީޗް ރިސޯޓުގެ ދޯންޏެއްގައި އަލިފާން ރޯވެއްޖެއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޮސް(އެމްއެންޑީއެފް) އިން ބުނެފައިވަނީ ރީތި ބީޗް ރިސޯޓުގެ ދޯންޏެއްގައި އަލިފާން ރޯވުމާއި ގުޅިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރި ވާން ފަށާފައިވާކަމަށެވެ. އެ ދޯނި އޮތީ ކޮކޯ ބޮޑު ހިތި ރިސޯޓާއި 6 މޭލު ބޭރުގައި ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
އަލިފާނުގެ ހާދިސާ ހިނގިއިރު ދޯނީގައި ތިން ދިވެހިންނާއި އެއް ބިދޭސީއަކު ތިބި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ.
މިހާރު މިއަލިފާން ވަނީ ކޮންޓްރޯލް ކޮށްފައެވެ.