ކުރެއްވި ދެ ޓްވީޓަކާއި ގުޅިގެން ދެ މައްސަލައެއްގައި ދެ ގަޑިއަކަށް ހުކުރު ދުވަހު މެންދުރު ފަހު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފި އެވެ.
މިތަނުން އެއް ޓްވީޓަކާއި ގުޅިގެން ފުލުސް އޮފީހަށް ހާޒިރު ވުމަށް މަހްލޫފަށް އެންގުމުން މަހްލޫފް ވަނީ ބުރާސްފަތި ދުވަހު 15:00 އަށް ފުލުސް އޮފީހަށް ވަޑައިގަންނަވައިފި އެވެ.
ނަމަވެސް މަހްލޫފް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާ ކަމަށް އެދިލެއްވުމުން ހުކުރު ދުވަހު 14:30 ގާނޫނީ ވަކީލަކާއެކު ވަޑައިގެންނެވުމަށް އެންގެވި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މީގެ އިތުރުން މަހްލޫފް ވިދާޅުވީ އިތުރު ޓްވީޓެއްގެ މައްސަލައެއްގައި އިތުރު ޗިޓެއް ހަވާލު ކޮށްފައިވާ ކަމަށެވެ. އެޗިޓަށް ފުލުހަށް ހާޒިރު ވުމަށް އަންގާފައި ވަނީ ހުކުރު ދުވަހުގެ ހަވީރު 17:00 އަށެވެ.
މަފްލޫފްގެ މައްޗަށް ފުލުހުން ކުރާ ފުތަރަމަ ތުހުމަތަކީ 2017 ޑިސެމްބަރު 03 ވަނަ ދުވަހުގެ ވަގުތެއްގައި މަހްލޫފްގެ ޓްވީޓަރ އެކައުންޓު މެދުވެރިކޮށް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދު ޑީމޯޓް ކުރުމާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނެއެވެ.
ACP Jamsheed demote kuran nimmee Adeeb ah zaharu dheegen maraalan engumun, ekama noolhe e message Adeeb ah rahdhukurumah masakkaiy kurumun kamah adu iviije. Adhi demotion madujassaafa othee audio eh Jamsheed athuga othumun kamah buney.Mikan @PoliceMv inn saafu kohdhevvun edhen
— Ahmed Mahloof (@AhmedMahloof) December 3, 2017
ދެވަނަ މައްސަލައަކީ މި އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ކުރެއްވި ޓްވީޓަކާއި ގުޅިގެން ފުލުހުން ހިންގާ ތަހުގީގެކެވެ.
މަފްލޫފްއަކީ މިސަރުކާރުގެ ގިނަ ސިއްރުތަކެއް ސޯސަލް މީޑީއާގައި ފަޅާއަރުވަމުން ގެންދަވާ މަޖިލީހުގެ އެންމެ ޖެހިލުންކުޑަ އެއް މެމްބަރެވެ.
ގިނަ ދުވަސްތަކެއް ވަންދެން މަހްލޫފް ރާއްޖޭން ބޭރުގައި އުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގެންނެވީ ބުދަ ދުވަހު އެވެ.