ރައީސް ޔާމީނަކީ ކަރަޕްޓް ބޭފުޅެއް ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވި ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ޔާމީނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ތާއީދު ކުރައްވަން ނިންމެވުމުން އެމަނިކުފާނަކީ ކަރަޕްޓް ބޭފުޅެއް ކަމަށާއި އެކަން ގާސިމަށް ވިސްނައިދެއްވުމަށް އެދިވަޑައިގެންނެވި ކަމަށެވެ. އެކަން ހަނދާން އެބަހުންނެވިތޯ ސުވާލުކުރައްވައި ރިޔާޒު ވަނީ މަގާމްތަކާއި މިއަދު ރައީސް ޔާމީން ވެސް "އޯކޭ" ތޯ ސައީދު ޓެގްކުރައްވައި ސުވާލުކުރައްވާފައެވެ.
2013 ge dhevana burugai RY ah @qasimibrahim thaaeedhu kurahvan ninmevumun RY akee corrupt beyfulhehkamahbune, JP in RY fahathah eriyanudhinumah QI ah visnaadhinumah alhuganduge geyah ais alhugandugaathu @em_saeed edhunuhandhaan ebahurithoa? Maqaamahtakaa miadhu RY ok dhehthoa? https://t.co/8qQ75QvlNH
— Abdulla Riyaz MP (@riyazabdulla) February 15, 2018
މީގެ އިތުރުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމް ވެރިކަމަށް ގެނައުމަށް ރިޔާޒް ދެކޮޅު ހެއްދެވި ކަމަށް ބުދަ ދުވަހުގެ ރޭ ޕީޕީއެމްގެ ރުމާލު 2 ޖަގަހައިގައި ސައީދު ވިދާޅުވި ވާހަކައަށް ވެސް ރިޔާޒް ވަނީ ރައްދު ދެއްވާފައެވެ. ރިޔާޒް ވިދާޅުވީ ސައީދު ހައްދަވަނީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. އަދި މަގާމަށްޓަކައި "ބަފާ ދޫކޮށްލި މީހަކު ދައްކާ ވާހަކަ ރައްޔިތުން ގަބޫލެއް ނުކުރާނެ" ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.
Allah hekivaanekamah bune alhugandaai beheygothun @em_saeed ehehdhevee buhuthaanu dhogeh! Maqaamahtakaa bafaa dhookollimeehaku dhahkaa vaahaka rayyithun qabooleh nukuraane! https://t.co/J6GYdCr5ON
— Abdulla Riyaz MP (@riyazabdulla) February 15, 2018
އިކޮނޮމިކް މިނިސްޓަރަކަށް ސައީދު އައްޔަން ކުރައްވާފައި ވަނީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ފަހު 2013 ވަނަ އަހަރުގެ ނޮވެމްބަރު 19 ގައެވެ. ސައީދު މިނިސްޓަރު ކަމަށް ހޮވިވަޑައިގަތީ ޖޭޕީގެ ތެރެއިންނެވެ. އެހެން ނަމަވެސް 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އޭނާ ވަނީ ޖޭޕީ އިން ވަކިވެވަޑައިގެން ވެރިކަންކުރާ ޕީޕީއެމްއަށް ސޮއިކުރައްވާފައެވެ. ޖޭޕީ އިން ބުނެފައި ވަނީ އެޕާޓީގެ ތެރެއިން އައްޔަން ކުރެވުނު ބައެއް ފަރާތްތަކުން ޕާޓީ ދޫކޮށްލީ މަގާމް ދިފާޢުކުރަން ކަމަށެވެ.